A wide advertisement which will be shown on all devices. (700 x 100)

ސާއިދުގެ ބޫޓް ފައިސަލް ސްޕޮންސަރ ކޮށްފި

ސާއިދުގެ ކާމިޔާބީ ފާހަނގަކުރުމުގެ ގޮތުން ފައިސަލް ބޭއްވި ހަފްލާގައި ސާއިދު އާއި ފައިސަލް. ފޮޓޯ: ފައިސަލް ފައުންޑޭޝަން

އިންޑިޔާ ކަނޑުގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ ބޫޓް ފައިސަލް ނަސީމް ސްޕޮންސަރ ކޮށްފިއެވެ.

ސާއިދުގެ ބޫޓް ފައިސަލް ސްޕޮންސަރ ކޮށްފައިވަނީ ފަސް އަހަރަށް ކަމަށް ފައިސަލް ފައުންޑޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. ސާއިދުގެ ބޫޓް ސްޕޮންސަރ ކުރިކަން ފައިސަލް އިއުލާންކޮށްފައިވަނީ ސާއިދު ހޯދި ކާމިޔާބީގެ އަގުވަޒަން ކުރުމުގެ ގޮތުން، ސާއިދު އާއި އޭނަގެ އާއިލާ އަދި ގާފަރު ރައްޔިތުންނާއެކު ރޭ ސަލްސާ ރޯޔަލްގައި ބޭއްވި ހާއްސަ ކެއުމެއްގައެވެ.

ފައިސަލް ފައުންޑޭޝަނުން ބުނިގޮތުގައި ކުރިންވެސް ސާއިދުއަށް އެހީތެރިކަން ފައިސަލް ފޯރުކޮށްދީފައިވާ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ސާއިދު ދުވުމަށްޓަކައި ބޭނުންކުރާ ބޫޓް ސްޕޮންސަރ ކުރީ ފައިސަލް ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ އަދި ފައިސަލް ފައުންޑޭޝަންގެ ޗެއަރމަން ފުވައްމުލަކު ނޫޑަލްހީ ފައިސަލް ނަސީމް ވަނީ ކާށިދޫ ދާއިރާގައި ހިމެނޭ ކާށިދޫ އަދި ގާފަރަށް ގިނަ ގުނަ ކަންތައްތަކެއް ކޮށްދެއްވަމުން ގެންދަވައެވެ. އަދި އެ ދެ ރަށުގައި ހިންގާ ގިނަ ހަރަކާތްތަކެއް ސްޕޮންސަރކޮށްދެއްވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

ކ. ގާފަރަށް ނިސްބަތްވާ ސާއިދުވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ. ސާއިދުގެ ކާމިޔާބީ ފާހަނގަކޮށް ސަރުކާރުން 350000 ރުފިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު ނިހާން ޙުސައިން މަނިކްވަނީ 42500 ރުފިޔާ ދެއްވާފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !