18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓްގެ މަގާމް ހޯދި އަޝްފާން މުބާރާތުގައި ވާދަކުރަނީ. ފޮޓޯ: އޭއީސީ

ޏ.އޭއީސީ އިން 10 ރަން މެޑަލާއި އެކު 17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓްގެ މަގާމް ހޯދައިފި

މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޏ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގެ ދަރިވަރުން 10 ރަން މެޑަލާއި އެކު 17 އަހަރުން ދަށުގެ ފިރިހެން ބެސްޓް އެތުލީޓް މަގާމް ހޯދައިފި އެވެ.

އިއްޔެ ނިމުނު މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އޭއީސީގެ ޓީމުން ބައިވެރިވެފައިވަނީ ހަ އެތުލީޓުންނެވެ. އޭއީސީ އިން ބައިވެރިވި އިވެންޓް ތަކުގެ ތެރެއިން 10 ގޯލްޑް މެޑަލް، 7 ސިލްވަރ، 2 ބްރޯންޒް ހޯދައިފައިވެއެވެ. އަދި 17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓްގެ މަގާމް ހޯދާފައިވަނީ 100 އަދި 200 މީޓަރުން ރަންމެޑަލް ހޯދައި 400 މީޓަރުން ރިހި އަދި 100، 200، 400 ގެ ރިލޭޓީމުން ގޯލްޑް ހޯދި އިބްރާހިމް އަޝްފާން އަލީ އެވެ. އޭއީސީ ޓީމްގެ ކޯޗަކީ އެސުކޫލްގެ ޓީޗަރ އައިޝަތު ނާދިޔާ އެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒަކީ އެތްލެޓިކްސްގައި ވަރަށް ރަގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަ ސުކޫލެކެވެ. އަދި އެސުކޫލްގެ ބައެއް ދަރިވަރުން ގައުމީ އެތުލެޓިކްސް ޓީމްގައިވެސް ހިމެނި ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވެއެވެ. އަދި ދާދީފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި އެތުލެޓިކްސްގެ ރާއްޖެ ޓީމްގައި އިބްރާހިމް އަޝްފާން އަލީ ހިމެނިފައިވެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވިދާޅުވީ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައިވަނީ މާލެއިން 11 ސްކޫލާއި، ރާއްޖޭގެ އަތޮޅު ތަކުން 9 ސްކޫލް ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު