22 ޖުލައި 2019 ( ހޯމަ )

އަަގުއެރޯ، މިސީޒަނުގައި ޗެމްޕިއަން ޗެލްސީ ކޮޅަށް ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ. ފޮޓޯ: ގެޓީ އިމޭޖްސް

4 އަހަރު ތެރޭގައި އަގުއެރޯގެ ގޯލް ސްކޯރިން އެންމެ މަތީގައި

ކުރު މުއްދަތެއްގެ ތެރޭގައި އެންމެގިން ގޯލުޖެހި އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުންތެރިޔަކަށް މަންޗެސްޓަރ ސިޓީގެ އާޖެންޓީނާގެ ފޯވަޑް އަގުއެރޯ ވެއްޖެއެވެ. އޭނާވަނީ އެންމެ ފަހުން ކުޅުނު 9 މެޗްގައި 10 ގޯލު ޖަހާފައެވެ. އެގޮތުން ފާއިތުވި އަހަރުގެ ޗެމްޕިއަން ޗެލްސީގެ މައްޗަށް 3-0 ން ކުރިހޯދި މެޗުގައި ޖެހި ފުރަތަމަ ގޯލާއެކު، ޕްރިމިއަރ ލީގަށް 2011 ވަނަ އަހަރު އޭނާ ގުޅުނު ފަހުން ޖެހި ގޯލުގެ އަދަދު ވަނީ 79 ގޯލު ހަމަކޮށްފައެވެ. މިއީ ޕްރިމިއަރ ލީގުގައި އަދި އެހެން އެއްވެސް ކުޅުންތެރިއަކަށް 4 އަހަރުގެ މުއްދަތެއްގައި ހަމަކުރެވިފައިވާ ގޯލުގެ އަދަދެއް ނޫނެވެ.

މިއާއެކު އިދިކޮޅު ޓީމުތަކުން ޖެހިލުން ކުރުވާ މަންޗެސްޓަރ ސިޓީގެ އެޓޭކިން މިޑްފިލްޑަރ ޑޭވިޑް ސިލްވާ ވަނީ ގޯލް އެސިސްޓްގެ އެންމެ ކުރި ހޯދާފައެވެ. ޑޭވިޑް ސިލްވާ 2010 ވަނަ އަހަރު ސިޓީއާއި ގުޅުނު ފަހުން މިހާތަނަށް 49 އެސިސްޓް މިވަނީ ހަމަކޮށްފައެވެ. މިއީ އޭނާއާއި އެންމެ ވާދަކުރާ މެންޗެސްޓަރ ޔުނައިޓެޑްގެ ރޫނީއަށް ވުރެ 9 އެސިސްޓަށް އިތުރު އަދަދެކެވެ. ފާއިތުވި އޯގަސްޓްގައި ފުރަތަމަ ފަހަރަށް ޗެލްސީގެ މައްޗަށް ސިޓީން ކުރިހޯދުނު އިރު ރޫނީއާއި ޑޭވިޑް ސިލްވާ ވަނީ 29 އެސިސްޓުން ހަމަހަމާގައެވެ.

ލީގުގެ ފުރަތަމަ މެޗުން ކޯޗް ޖޯސޭ މޮރީނިއޯގެ ޗެލްސީ ޓީމު މިފަހަރު ބަލިވުމާއެކު ޗެމްޕިއަނުންގެ ގޮތުގައި އައު ސީޒަނަށް ނިކުމެ ލީގުގެ ފުރަތަމަ މެޗުން ބަލިވި 2 ވަނަ ޓީމުގެ ގޮތުގައި އެޓީމު ވަނީ ވެފައެވެ. ޗެމްޕިއަނުގެ ގޮތުގައި ނިކުމެ ފުރަމަ ބަލިވެފައި ވަނީ 2007/2008 ގެ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑެވެ. އެކަމަކު އެފަހަރުގެ ޕްރެމިއަރ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގުވެސް މެން-ޔުނައިޓެޑުން ކާމިޔާބުކުރިއެވެ.


ކިޔުންތެރިންގެ ޚިޔާލު