24 އޭޕްރީލް 2019 ( ބުދަ )

banner

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ހުސައިން ސައީދު

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ދުވަހުގެ މެޗްތައް އެމްޖޭއެމް އަދި އޭއީސީ ކާމިޔާބުކޮށްފި

ފުވައްމުލަކު އަތޮޅު ކައުންސިލުން ބާއްވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް އެމްޖޭއެމް އަދި އޭއީސީ އިން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗްގައި އެމްޖޭއެމް އާއި ބައްދަލުކޮށްފައިވަނީ ހޭޒް ސުކޫލެވެ. މިމެޗް 5-1 އިން ކާމިޔާބުކުރީ މަދަރުސަތުއް ޝައިޙް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) ސުކޫލެވެ. މިމުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރީ ފުވައްމުލަކު ސުކޫލް (އެފް އެސް) އާއި ޏ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) އެވެ. މިމެޗް 4-0 އިން ކާމިޔާބުކުރީ އޭއީސީގެ ޓީމެވެ. މާދަމާ ހެނދުނު ބައްދަލުކުރާނީ ހާފިޒް އަހްމަދު ސުކޫލް (ހޭޒް) އާއި ފުވައްމުލަކު ސުކޫލް (އެފް އެސް) އެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:45 ގައެވެ. މާދަމާ ހަވީރު ބައްދަލުކުރާނީ ޏ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) އާއި މަދަރުސަތުއް ޝައިޙް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) އެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ.

މުބާރާތުގެ މެޗްތައް ކުޅެމުންދަނީ ފުވައްމުލަކު ސްޓޭޑިއަމްގައެވެ. މިއީ 1994 އަހަރަށްފަހު ފުވައްމުލަކުގައި ބާއްވާ އިންޓަރ ސްކޫލް މިފަދަ ފުރަތަމަ މުބާރާތެވެ. މިއީ އަތޮޅު ކައުންސިލުން ބާއްވާ ފުރަތަމަ އިންޓަރ ސުކޫލް ފުޓްބޯޅަ މުބާރާތެވެ. މިއަދު މިމުބާރާތް ހުޅުވުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު