A wide advertisement which will be shown on all devices. (700 x 100)

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: އޭއީސީ އަދި އެމްޖޭއެމް އެއްވަރުވެ އެފްއެސް މޮޅުވެއްޖެ

އެފްއެސް އަދި ހޭޒް ބައްދަލުކުރި މެޗް، މިމެޗް ކާމިޔާބުކުރީ އެފްއެސް. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލުން ބާއްވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗް ހޭޒް އާއި އެފްއެސް ބައްދަލުކޮށް އެފްއެސް މޮޅުވެ ދެވަނަ މެޗްގައި އެމްޖޭއެމް އާއި އޭއީސީ މެޗް އެއްވަރު ވެއްޖެއެވެ.

އިއްޔެ ހެނދުނު ކުޅުނު މެޗްގައި ފުވައްމުލަކު ސުކޫލް (އެފްއެސް) ހާފިޒް އަހްމަދު ސުކޫލް (ހޭޒް) ގެ މައްޗަށް ކާމިޔާބު ހޯދީ 5-1 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކީ އެފްއެސްގެ ޖާޒީނަންބަރ 18 އަހްމަދު ޝާޒް އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗް ޏ.އަތޮޅު ތައުލީމީ މަރުކަޒް (އޭއީސީ) އާއި މަދަރުސަތުއް ޝައިޙް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) ބައްދަލުކުރި މެޗް ނިމުނީ 1-1 އެއްވަރުވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކީ އެމްޖޭއެމްގެ ޖާޒީނަންބަރ 16 އައުޒަމް މުހައްމަދު އެވެ.

މިއަދު ހަވީރު ބައްދަލުކުރާނީ ޏ.އަތޮޅު ތައުލީމީ މަރުކަޒް (އޭއީސީ) އާއި ހާފިޒް އަހްމަދު ސުކޫލް (ހޭޒް) އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !