A wide advertisement which will be shown on all devices. (700 x 100)

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: އޭއީސީގެ މޮޅާއި އެކު ފައިނަލަށް

މިއަދު މެޗްގައި ބައްދަލުކުރި އޭއީސީ އަދި ހޭޒްގެ ޓީމް މެޗަށް ތައްޔާރުވެގެން. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލުން ބާއްވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ދުވަހުގެ މެޗު ފަސޭހަ މޮޅަކާއި އެކު ޏ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ ޓީމް ފައިނަލް ކަށަވަރުކޮށްފިއެވެ.

މިއަދު ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ޏ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ބައްދަލުކުރީ ހާފިޒް އަހްމަދު ސުކޫލް (ހޭޒް) އާއި އެވެ. މިމެޗް ފަސޭހަ ކަމާއިއެކު އޭއީސީ ކާމިޔާބުކުރީ 5-0 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކީ އޭއީސީ ޓީމްގެ ޖާޒީ ނަންބަރ 7 ނިހާން އަމްޖަދު އެވެ.

މިއަދުގެ މެޗުން އޭއީސީ މޮޅުވުމާއި އެކު އެޓީމްވަނީ ފައިނަލުން ޖާގަ ކަށަވަރުވެފައެވެ. އޭއީސީވަނީ ކުޅުނު ތިންމެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށް އެއްމެޗް އެއްވަރުކޮށްފައެވެ. ހާފިޒް އަހްމަދު ސުކޫލް (ހޭޒް) ސުކޫލް މުބާރާތް ނިންމާލާފައިވަނީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ބައިކޮޅަށް ގިނަ ލަނޑުތަކެއް ވަދެގެންނެވެ.

މާދަމާގެ މެޗްގައި ބައްދަލުކުރާނީ މަދަރުސަތުއް ޝައިޙް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) އާއި ފުވައްމުލަކު ސްކޫލް (އެފްއެސް) އެވެ. އެމްޖޭއެމް ވަނީ ކުޅުނު ދެ މެޗްގެ ތެރެއިން އެއްމެޗް ކާމިޔާބުކޮށް އަނެއް މެޗް އެއްވަރުކޮށްފައެވެ. އެފްއެސް ވަނީ ކުޅުނު ދެމެޗްގެ ތެރެއިން އެއްމެޗް ކާމިޔާބުކޮށް އެއްމެޗް އިން ބަލިވެފައިވެއެވެ. މިހެންކަމުން މާދަމާގެ މެޗް އެއްވަރުވުމުންވެސް ފައިނަލްގެ ފަހު ޖާގަލިބޭނީ އެމްޖޭއެމް އަށެވެ.

ފުވައްމުލަކުގައި ބޭއްވި އެންމެ ފުރަތަމަ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް ބާއްވާފައިވަނީ 1994 ވަނަ އަހަރުއެވެ. އެމުބާރާތް ކާމިޔާބުކޮށްފައިވަނީ އެމްޖޭއެމް އެވެ. އެމުބާރާތުގައި އެމްޖޭއެމް އާއި އެކު ފައިނަލްގައި ކުޅެފައިވަނީ އޭއީސީއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !