17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މުބާރާތުގެ ޗެމްޕިއަންޓީމަށް ތަށިހަވާލުކޮށްދެނީ. ފޮޓޯ ފުވައްމުލަކު އަތޮޅު ކައުންސިލް

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އޭއީސީއަށް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި 13 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޏ.އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފިއެވެ.

ފުވައްމުލަކު ސްޓޭޑިއަމްގައި އިއްޔެ ކުޅުނު ފައިނަލްމެޗްގައި ޏ.އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މަދަރުސަތުއް ޝައިޙް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) އާއި ބައްދަލުކޮށް 1-2 އިން މެޗްކާމިޔާބުކޮށްގެންނެވެ. އިއްޔެގެ މެޗްގެ މޮޅުކުޅުންތެރިޔަކީ އޭއީސީ ޓީމްގެ ޖާޒީނަންބަރ 9 ނާއިލް އަލީ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް އޭއީސީ ޓީމްގެ ޖާޒީނަންބަރ 9 ނާއިލް އަލީ އެވެ. ފެއަރ ޕްލޭ ޓީމަކީ ފުވައްމުލަކު ސްކޫލްއެވެ. ފެއަރޕްލޭ ކުޅުންތެރިޔަކީ އެމްޖޭއެމްގެ ޖާޒީނަންބަރ 17 އިބްރާހިމް އަޖްފާން އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ އެމްޖެއެމްގެ ޖާޒީނަންބަރ 1 އިބްރާހިމް ޝައުފް ހަސަން އެވެ.

މިމުބާރާތުގައި އެމްޖޭއެމް އަދި އޭއީސީ ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެއްމެޗް އެއްވަރުވެގެން ނެވެ. މިއީ އަތޮޅު ކައުންސިލުން ބޭއްވި ފުރަތަމަ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތެވެ. މުބާރާތުގެ ވަނަތަކަށް ތައްޓާއި ސެޓްފިކެޓް ތައް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހްމާން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު އަކުރަމް އާއި އަތޮޅު ކައުންސިލްގެ މެމްބަރުންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު