A wide advertisement which will be shown on all devices. (700 x 100)

އަޝްފާނު އަލީ ގައުމީ ޔޫތު ރެކޯޑް މުގުރާލައިފި

ގައުމީ ޔޫތު ރެކޯޑް މުގާރާލި އަޝްފާން އަލީ މިދިޔަ އޮގަސްމަހު ކުރިއަށްދިޔަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ. ފޮޓޯ: އޭއީސީ

މިއަހަރު އޮގަސްޓްމަހު މާލޭގައި ބޭއްވި މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 17 އަހަރުން ދަށުގެ އެންމެމޮޅު އެތުލީޓްގެ މަގާމު ހޯދި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އިބްރާހިމް އަޝްފާން އަލީ (އައްޕި) 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑް މުގުރާލައިފިއެވެ. އަޝްފާނު ގައުމީ ޔޫތު ރެކޯޑް މުގުރާލައިފައިވަނީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ޔޫތު ގޭމްސްގައި 100 މީޓަރު ދުވުން 11.34 ސިކުންތުން ނިންމާލައިގެނެވެ. މީގެ ކުރިން މިރެކޯޑް އޮންނަނީ  11:38 ސިކުންތުން ރޭސް ނިންމާފައިވާ ހުސެއިން ޝަހުދާން ފަހުމީ އަތުގައެވެ.

އަޝްފާނު ވަނީ ރިޔޫނިއަންގައި މިދިޔަ މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި ގައުމީ އެތުލެޓިކްސް ޓީމުގައި ވެސް ހިމެނިފަ އެވެ. 

ސަމޯއާ ގައި ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގެ 400 މީޓަރު ދުވުމުގައި ވާދަކޮށް  އަލީ ޝާމް ވަނީ 52:99 ސިކުންތުން ރޭސް ނިންމައިފަ އެވެ. މިއީ އޭނާގެ ޕާސަނަލް ބެސްޓެވެ. އަދި އަންހެން ދުވުންތެރިޔާ ޚަދީޖާ އަހުމަދު 100 މީޓަރު ދުވުމުގެ ރޭސް ނިންމީ 14:13 ސިކުންތުންނެވެ. މިދެބައިވެރިންނަކީވެސް ފުވައްމުލަކަށް ނިސްބަތްވާ ދެ ބައިވެރިންނެވެ.

ފުވައްމުލަކު އެތްލީޓުން އަންނަނީ އެތްލެޓިކްސްގައި ވަރަށް ރަގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !