24 ޖުލައި 2019 ( ބުދަ )

ކަލާސް އެވޯޑް ދިނުމުގެ ރަސްމިއްޔަޓުގެތެރެއިން

މައިލޯ ކަލާރސް އެވޯޑް އޭއީސީގެ 6 ދަރިވަރަކަށް

ސްކޫލު ފެންވަރުގެ ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީ ދެމުން އަންނަ ކަލާސް އެވޯޑު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހަ ދަރިވަރަކު ހޯދައިފިއެވެ. މި އެވޯޑް ހޯދައިފައިވާ ހަދަރިވަރުންނަކީ މުހައްމަދު ޝަރަފު ނަސީރާއި ލަމްހާ ލުތުފީ އާއި ހުސައިން ފާރިސް އަބްދުﷲ އިބްރާހިމްއަޝްފާން އަލީ ފާތުމަތު ލުބާނާ ތޮލާލާއި ނާހިލް މަސްއޫދެވެ. 

ކަލާސް އެވޯޑްސްގައި 10 ކުޅިވަރަކުން ހަތަރު އުމުރު ފުރާއަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން ދަރިވަރުން ވަނީ ހޮވައިފަ އެވެ. މީގެ އިތުރުން ކޮންމެ ކެޓަގަރީއެއްގެ ދެވަނަ ވެސް ވަނީ ހޮވައިފަ އެވެ. ދެން ހިމެނެނީ ހާއްސަ އެވޯޑާއި އެންމެ ފާހަގަކޮށްލެވޭ ދަރިވަރަަކަށް ދޭ “ކަލާސް އެވޯޑް” އެވެ. މި އެވޯޑްގައި ހިމެނޭ 10 ކުޅިވަރަކީ އެތުލެޓިކްސް، ސްވިމިން، ބެޑްމިންޓަން، ޓީޓީ، ފުޓްބޯޅަ، ކްރިކެޓް، ވޮލީބޯޅަ، ބާސްކެޓްބޯލް، ނެޓްބޯލް އަދި ޓެނިހެވެ


ކިޔުންތެރިންގެ ޚިޔާލު