16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ފުވައްމުލަކު އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް މާދަމާ ފެށެނީ

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް މާދަމާ ފެށޭނެ ކަމަށް އަތޮޅު ކައުންސިލުން ހާމަކުރެއެވެ. މިމުބާރާތް ކުރިއަށް ދާނީ ފުވައްމުލަކު ކަނދޮވަލި ސްޓޭޑިއަމުގައި މިމަހު 11 އިން 18 އަށެވެ. 

ފުވައްމުލަކު ހަތަރު ސްކޫލުން ބައިވެރިވެފައިވާ މިމުބާރާތުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ޏ.އަތޮޅު ތައުލީމީ މަރުކަޒާއި ފުވައްމުލަކު ސްކޫލެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދަތުރުކުރާ މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރ 18 ވަނަ ދުވަހު ހަވީރު 1615 ގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު