23 މެއި 2019 ( ބުރާސްފަތި )

banner

މެންޗެސްޓަރ ސިޓީގެ އުއްމީދީ ދެފޯވަޑުން - ޑިބްރޭނާ އަދި ރަހީމް ސްޓާރލިން/ ފޮޓޯ ގެޓީ އިމޭޖްސް

ޔޫއެފާ ޗެމްޕިއަން ލީގުގެ މެޗްތައް މިރޭ ފެށެނީ

ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅެވޭ ފުޓުބޯޅަ ލީގު މިރޭ ފެށޭނެއެވެ. މިލީގުގައި 32 ޓީމު 8 ގުރޫޕެއްގައި ހޯމް އެންޑް އަވޭ އުސޫލުން ކުޅެނެއެވެ. މިރޭ ފުރަތަމަ 4 ގުރޫޕުން 8 މެޗު ކުޅޭނެއެވެ. ޗެމްޕިއަންސް ލީގުގެ މެޗްތައް އަބަދުވެސް ކުޅެމުން އަންނަނީ އަންގާރަ އަދި ބުދަ ދުވަހުގެ ރޭ ރާއްޖޭގެ ގަޑިން ރޭގަޑު 11:45 ގައެވެ.

މިރޭ ގިނަބައެއްގެ އަމާޒު ހުއްޓިފައިވާ އެއްމެޗަކީ ގްރޫޕު ޑީގެ މެންޗެސްޓަރ ސިޓީއާއި އިޓަލީގެ ޔުވެންޓަރސް ގެމެޗެވެ. މެންޗެސްޓަރ ސިޓީގެ ދަނޑުގައި ގުރޫޕުމެޗުތައް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުން އިތުބާރު ފޯވަޑު ސިޓީގެ އަގުއެރޯ ވަނީ ބާކީކުރެވިފައެވެ. ހަފުތާ ބަންދުގައި ކްރިސްތަލް ޕެލަސްއައީދެކޮޅަށް ކުޅުނު މެޗުގައި ކަކުލުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިރޭގެ މެޗުލިސްޓުއި އަގުއެރޯ ނުހިމެނެއެވެ. ނަމަވެސް އަލަށް ވިދަމުން އަންނަ ފޯވަޑް ޑިބްރޭނާ އަދި ލިވަރޕޫލުން ގެނައި އިތުބާރު ފޯވަޑް ރަހީމީ ސްޓާރލިން އާއެކު މެޗުގެ އިތުބާރު ކޯޗް ޕްލެގްރެނީ އަށް ވަރަށް ބޮޑެވެ. ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން މޮޅުވެ ޓޭބަލް ގެ ކުރީގައި އޮތުމުން ސިޓީގެ އިތުބާރު އުޅެނީ % 100ގައެވެ.

ޔުވަނެޓަރސް ގެ ކޯޗު މަސިމިލާނޯ އެލެގްރިނީ ދެކިލައްވާ ގޮތުގައި ޗިޓީއަކީ މިފަހަރުގެ ފޭވަރިޓުންނެވެ. އިތަލީގެ ޗެމްޕިއަނުނަނަށް މިފަހަރު އަދި ވަނީ ލީގުގައި މާބޮޑު ކުރިއެރުމެއް ނުލިބިފައެވެ. ކުޅެވުނު 3 މެޗުން އަދި ހޯދިފައިވަނީ އެންމެ ޕޮއިންޓަކަށް ވާއިރު މިރޭގެ މެޗުން ވަނީ ޓީމުގެ ވިސްނުން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހިފައެވެ. ނިމުނު ޗެމްޕިއަނަސް ލީގުގެ ރަނަރަޕުގެ ގޮތުން ކާމިޔާބީއެއް ހޯދުމަށް މިރޭ ޔޫވޭގެ ޕޮގްބާފަދަ މޮޅު ކުޅުންތެރިން މޮޅުކުޅުމެއް ދައްކަން ޖެހެއެވެ.

މިރޭ ދެން ކުޅެވޭ އެހެން މެޗުތަކަކީ:

ބެންފީކާ އަދި އަސްޓާނާ (ގްރޫޕް ސީ)

ޕެރިސްސެއިންޓް ޖާމަނީ އަދި މަލްމޯ ( ގްރޫޕް އޭ)

ރިއަލް މެޑްރިޑް އަދި ޝާލްކޭ ( ގްރޫޕް އޭ)

ވޮލްފްސްބާރގް އަދި ސީއެސްކޭ މޮސްކޯ ( ގްރޫޕް ބީ)

ޕީއެސްވީ އެއިންދޯވަން އަދި މެންޗެސްޓަރ ޔުނިއިޓެޑް ( ގްރޫޕް ބީ)

ސެވިއްލާ އަދި މޮންޝްގްލޭޑްބެކް ( ގްރޫޕް ޑީ)

ގަލަތަސަރާއި އަދި އެތްލެޓިކޯ މެޑްރިޑް ( ގްރޫޕް ސީ)

banner

ކިޔުންތެރިންގެ ޚިޔާލު