24 ޖުލައި 2019 ( ބުދަ )

އެމްޖޭއެމް އަދި އެފްއެސް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ އަތޮޅު ކައުންސިލް

އެމްޖޭއެމް އާއި އެފް އެސްގެ މެޗުން މޮޅުވީ އެމްޖޭއެމް ގެ ޓީމު

ކަނދުވަލި ވޮލީ ކޯޓުގައި ފުވައްމުލަކު ސްޕޯރޓްސް ކައުންސިލުން ކުރިޔަށް ގެންދާ ސްކޫލްތަކުގެ އަންހެން ކުދިންގެ ފުރަތަމަ ވޮލީބޯޅަ މުބާރާތުގެ 4ވަނަ މެޗްގައި އިއްޔެ ހަވީރު އެމްޖޭއެމްގެ ޓީމާއި އެފް އެސް ބައްދަލުކުރި މެޗް 2-0 ން ކާމިޔާބު ކުރީ އެމްޖޭއެމްގެ ޓީމެވެ. މި މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވިފައި ވަނީ އެމްޖޭއެމް ޓީމުގެ ޖާޒީ ނަމްބަރ 10 އާއިޝަތު އިބާ ފަޔާޒުއެވެ. އެމްޖޭއެމް ޓީމުގެ ކޯޗަކީ އަހުމަދު ސަމީރު އެވެ.

މިމެޗުގެ ޝަރަފުވެރި މެހުމާނާއަކީ އެމްޖޭއެމްގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދެވެ.

ފުވައްމުލަކު 4 ސްކޫލްގެ އަންހެން ކުދިންގެ މެދުގައި ކުޅެވޭ މިމުބާރާތުގަިއ މިއަދު ބައްދަލުކުރާނީ ޏ.އެއީސީ އާއި އެމްޖޭއެމްގެ ޓީމެވެ. ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ މޮޅު ދެޓީމު ފައިނަލުގަިއ ވާދަކުރާނީ   18 ސެޕްޓެމްބަރު ގައެވެ. 


ކިޔުންތެރިންގެ ޚިޔާލު