A wide advertisement which will be shown on all devices. (700 x 100)

ވޮލީމުބާރާތުގެ ޗެމްޕިއަންކަން ޏ.އޭއީސީގެ ޓީމު ހޯދައިފި

ސްކޫލްތަކުގެ ވޮލީމުބާރާތުގެ އެންމ މޮޅު 6 ކުޅުންތެރިން 2015 ފޮޓޯ: އަތޮޅު ކައުންސިލް

ފުވައްމުލަކު ސްޕޯރޓްސް ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ސްކޫލްތަކުގެ އަންހެން ކުދިންގެ ފުރަތަމަ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޏ.އޭއީސީގެ ޓީމުން ހޯދައިފިއެވެ. ޏ.ޢޭއީސީ ގެ ޓީމުން މުބާރާތް ކާމިޔާބުކުރީ ފައިނަލް މެޗްގައި އެމްޖޭއެމްގެ ޓީމާއި ވާދަކޮށް 3-2 ސްޓުން މޮޅުވެގެންނެވެ. މިމުބާރާތުގެ ލީގު ބުރުގައި އެމްޖޭއެމުން ވަނީ އޭއީސީ 2-0 ން ބަލިކޮށްފައެވެ.

ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށާއި މުބާރާތުގެ އެކި ވަނަތަކަށް މެޑެެލާއި، ތައްޓާއި އިނާމު ވަނީ ދީއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ހޭޒްގެ ޓީމެވެ. 

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވޮފައި ވަނީ އޭއީސީ ގެ ދެ ކުޅުންތެރިއަކާއި އެމްޖޭއެމްގެ 3 ކުޅުންތެރިއަކާއި ހޭޒްގެ ކުޅުންތެރިއެކެވެ.

1. ޏ. އޭއީސީގެ ފާތިމަތު ޖުމާ ޝަޖުމީ (ޖ.7)

2. އެމްޖޭއެމްގެ އާއިޝަތު އިބާ ފަޔާޒު (ޖ.10)

3. އެމްޖޭއެމްގެ ފާތިމަތު ރަފާ އިބްރާހިމް (ޖ.11)

4. ހޭޒްގެ އާމިނަތު ޖިވާ ޝަޖުމީ (ޖ.11)

5. ޏ. އޭއީސީގެ ރާއި އިބްރާހިމް (ޖ. 9)

6. އެމްޖޭއެމްގެ އައިޝަތު ސައުމާ މުޙާއްމަދު (ޖ.3)

ފުވައްމުލަކު 4 ސްކޫލްގެ އަންހެން ކުދިންގެ މެދުގައި ކުޅެވުނު މިމުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އިއްޔެ ވަނީ މުބާރާތުގެައި އެކިގޮތްގޕތުްނ އެހީތެރިވިފަރާތްތކަށް ވެސް ހަނދާނީ ލިޔުން ދީފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !