17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މިރޭ 3-0 މޮޅުވި މާދަޑި އޮމަލާސް ޓީމު. ފޮޓޯ މާދަޑި ކައުންސިލް

ދެވަނަ މެޗު 3-0 ން މާދަޑި އޮމަލާސް ޓީމަށް

ފުވައްމުލަކުގައި މިއަދު ފެށި އަންހެނުންގެ ވޮލީބޯޅަ މުބާރާތް “ދެކުނު ދާއިރާ ކަޕް 2015” ގެ ދެވަނަ މެޗުގައި މާދަޑު އޮމަލާސް އިން 3-0 ން މާލެގަމު ޔޫތު އެމްޕަވަރ ސޮސައިޓީ ބަލިކޮށްފިއެވެ. މާދޑު ޓީމުގެ ކޯޗަކީ ކުރިން ފުވައމުލަކުގެ ގިނަ އަންހެން ޓީމުތަކުގެ ކޯޗުކަން ކޮށްފައިވާ މުހަންމަދު އިބްރާހިމް ދީދީ (ޑީޑީ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާދަޑު އޮމަލާސް ތީމުގެ ލަންކާ ކުޅުންތެރިޔާ ވަސަނަ، ޖާރޒީ ނަމްބަރު 5 އެވެ.

މިމުބާރާތުގެ ޓީމުތައް ދެގުރޫޕަކަށް ބަހާލެވިފައިވާއިރު މާދަޑި އޮމަލާސް ޓީމާއި އާއި މާލެގަމު ޓީމުގެ ގްރޫޕުގައި ދެން ހިމެނެނީ  މިއަދު ފުރަތަމަ މެޗުގައި ބައްދަލުކުރި ފުނާޑު ޓީމާއި ދޫނޑިގަމު ޓީމެވެ. އެމެޗުން މޮޅުވެފައި ވަނީ ފުނާޑު ޓީމެވެ.

މާދަޑު ޓީމުގެ ކޯޗް ޑީޑީ މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެޓީމުގެ އުއްމީދަކީ އެންމެ ދަސް ވެގެން ވެސް ފައިނަލަށް ދިއުން ކަމަށެވެ. ކުރިޔަށް އޮތް ދެމެޗުން ކުރެ ކޮންމެ ވެސް އެއްެޗަކުން މޮލުވެގެން ސެމީ ފައިނަލަށް ދެވުމުގެ ފުރުސަތު އޮތް ކަމަށެވެ. މަދަމާ އެޓީމާއި ބައްދަލުކުރާނީ މުބާރާތުގެ އެންމެ ވަރުގަދަ ކަމަށް ބުނެވޭ މިސްކިތްމަގު ޓީމާއެވެ. 

މުބާރާތް ރޭވިފައިވަނީ ދެގުޜޫޕުން ވެސް ލީގު އުސޫލަށ ްކުޅެ އެއްބުރު ނިންމުމަށްފަހު ސެމީފައިނަލުގެ 3 މެޗް ކުޅޭ ގޮތަށެވެ. އެއީ ކޮންމެ ގްރޫޕަކުން ވެސް 1 ވަނައަށް ދާ ޓީމަކަށް ފައިނަލަށް ދިއުމަށް ދެފުރުސަތު ލިބޭ ގޮތަށެވެ. އަދި ދެވަނައަށް ދާ ތީމުތަކަށް ފައިނަލަށް ދިއުމަށް ސެމީގެ ދެމެޗުން މޮޅުވާން ޖެހޭނެއެވެ.

މާދަމާގެ ފުރަމަ މެޗުގައި ބައްދަލު ކުރާނީ “ހޯދަޑު ސްޕައިކަރޒް” ޓީމާއި “މިސްކިތްމަގު އެންމެންގެ ގުޅުން” ޓީމެވެ.

banner

ކިޔުންތެރިންގެ ޚިޔާލު