23 މެއި 2019 ( ބުރާސްފަތި )

banner

މިސްކތްމަގު ޓީމާއި ހޯދަޑު ޓީމު ބައްދަލުކުރި މެޗު. ފޮޓޯ އަލީ އިއްޒަތު

ހޯދަޑު ސްޕައިކަރަސްގެ މައްޗަށް 1-3 ގެ ކުރިއެރުމެއް މިސްކިތްމަގު ޓީމުން ހޯދައިފި

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ތިންވަނަ މެޗުގައި ހޯދަޑު ސްޕައިކަރސް އާއި މިސްކިތްމަގު އެންމެންގެ ގުޅުން ބައްދަލުކުރި މެޗު އިން 3-1 ން ކާމިޔާބުކުރީ މިސްކިތްމަގު ޓީމެވެ. މިއަދު ހަވީރު ކުޅެވުނުު މިމެޗްގެ ސެޓްތައް ގެންގޮސްފައި ވަނީ 25-20، 18-25، 25-10 އަދި 25-18 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިްތމަގު ޓީމުގެ ޖާރޒީ ނަމްބަރު 7 ނީމާ އެވެ.

މިސްކިތްމަގު ޓީމަކީ މިމުބާރާތަށް އެންމެ ބޮޑު ޚަރދެއް ކޮށްގެން ތައްޔާރުވަނުން އައި ޓީމުކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުްނ މިސްކިތްމަގު ޓީމުން ވަނީ ނޭޕާލުގެ ދެ ކުޅުންތެރިއަކާއި ކޯޗެއް މިމުބާރާތަށް ގެނެސްފައެވެ.

ހޯދަޑު ޓީމުގައިވެސް ރަށުން ބޭރު ދެކުޅުންތެރިން ކަމުގައިވާ ލަންކާގެ ކުޅުންތެރިއަކާއި ދިވެހި ގައުމީ ޓީމުގެ ނާޒިމާ ހިމެނެއެވެ.

މިއި މިގުރޫޕުގެ ފުރަތަމަ މެޗެވެ. މި ގުރޫޕުގައި ދެން އޮތީ ދަޑިމަގު ޓީމެވެ. 

މުބާރާތް ރޭވިފައިވަނީ ދެ ގުރޫޕުން ވެސް ލީގު އުސޫލަށް  އެއްބުރު ކުޅެ، ކޮންމެ ގުރޫޕަކުން ވެސް އެންމެ މޮޅު ދެޓީމު ސެމީ ފައިނަލަށް ފާގޮތަށެވެ. ސެމީފައިނަލުގައި 3 މެޗް ކުޅޭ ގޮތަށެވެ. އެއީ ކޮންމެ ގްރޫޕަކުން ވެސް 1 ވަނައަށް ދާ ދެޓީމު ސެމީގައި ބައްދަލުކޮށް މޮޅުވާ ޓީމު ފައިނަލަށް ގޮސް ބަލިވާޓީމަށް ދެވަނައަށް ދާ ދެޓީމު ބައްދަލުކޮށް މޮޅުވާޓީމަކާއި ކުޅެގެން ފައިނަލަށް ދިއުމުގެ ފުރުސަތު ލިބޭ ގޮތަށެވެ.

މިމުބާރާތުގެ މެޗެއް މިރޭ ވެސް ކުޅެވޭނެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު