A wide advertisement which will be shown on all devices. (700 x 100)

ވޮލީބޯޅަ މުބާރާތުން ކެޓި ފުރަތަމަ ޓީމަކަށް މާލެގަމު ޔޫތު އެމްޕަވަރ ޓީމު

ވޮލީ މުބާރާތުގެ ރެފުރީންނާިއ ޖަޖުން. ފޮޓޯ - އަލީ ހަސަން އެކޯޑް

ފުވައްމުލަކުގައި މިހާރު ކުރިއަށްދާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ 4ވަނަ މެޗުގައި ރޭ ބައްދަލުކުރީ ދޫނޑިގަމު ސްޕޯރޓްސް ކްލަބުގެ ވޮލީޓީމާއި މާލެގަމު ޔޫތު އެމްޕަވަރ ސޮައިޓީގެ ޓީމެވެ. މިމެޗު ސީދާ 3-0 ން ކާމިޔާބުކުރީ ދޫނޑިގަމު ޓީމެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދޫނޑިގަމު ޓީމުގެ ޖާރޒީ ނަމްބަރު 12 ޒީނިޔާ މުސާ އެވެ.

މިއީ މިގުރޫޕުގެ 3 ވަނަ މެޗެވެ. މިމެޗުން ބަލިވުމާއެކު މާލެގަމު ޓީމު ދެމެޗުން ބަލިވެ، މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމުގެ ފުރުސަތު އެއްކޮށް ހެން ވަނީ ގެއްލިފައެވެ. ދެން މާލެގަމު ޓީމަށް ބާކީ އޮތީ މުބާރާތުގައި ވަރުގަދަ ކަމަށް ބެލެވޭ އެއްޓީމު ކަމަށްވާ ފުނާޑު ޓީމުގެ މެޗެވެ. ފުނާޑު ޓީމު ވަނީ އެމީހުން ކުޅުނު މެޗުން މޮޅުވެފައެވެ. 

މިއަދު ހަވީރު ކުޅޭ ފުނާޑު ސްޕޯޓްސް ކްލަބާއި، މާދަޑު އޮމަލާސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް މިގުރޫޕުން ސެމީ ފައިނަލުގެ އެއްޖާގަ ކަށަވަރުވާނެއެވެ.

އަދި ގުރޫޕު ބީގައި މިރޭ ކުޅޭ މެޗުގައި، “ދަޑިމަގު ރަނިން” ޓީމާއި ހޯދަޑު ސްޕައިކަރޒްގެ ޓީމުން ވެސް މޮޅުވާ ޓީމަކަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ. ހޯދަޑު ޓީމު ބަލިވެއްޖެ ނަމަ މުބާރާތުން ކަޓާނެއެވެ. އަދި ހޯދަޑު ޓީމު މޮޅުވެއްޖެ ނަމަ ދަޑިމަގު ޓީމަށް ސެމީއަށް ދިއުމުގެ ފުރުސަތު ހަނިވާނެތީއެވެ.

މިމުބަރާތުގައި ރާއްޖެއިން ބޭރު ކުޅުންތެރިން ނުހިމެނެނީ ދަޑިމަގު ޓީމުގައި އެކަނި ކަމަށް މައުލޫމާތު ލިބެއެވެ. މާލެގަމު ޓީމު ފެނިގެން ގޮސްފައި ވަނީ މުބާރާތުގެ އެންމެބަލި ޓީމުގެ ގޮތުގައެވެ. އަދި މިރޭ ކުޅެވޭ ދަޑިމަގު ޓީމުގެ ފުރަތަމަ މެޗުން އެޓީމުގެ ފެންވަރު އެނގިގެން ދާނެއެވެ. އެޓީމުގައި ރާއްޖެއިން ބޭރު ކުޅުންތެރިއަކު ނުހިމެނުނު ކަމުގައި ވިޔަސް، ދިވެހި ގައުމީ ޓީމުގެ 3 ކުޅުންތެރިއަކު ހިމެނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !