24 ޖުލައި 2019 ( ބުދަ )

ހޯދަޑު ސްޕައިކަރސް ޓީމު މެޗަށް ތައްޔާރުވެގެން ލައިނުގައި. ފޮޓޯ އަލީ އިއްޒަތު

ހޯދަޑު ސްޕައިކަރސް އިން ދަޑިމަގު ރަނިން ބަލިކޮށް ސެމީފައިނަލުގެ އުއްމީދު ބޮޑު ކޮށްފި

ފުވައްމުލަކުގައި މިހާރު ކުރިޔަށް ދާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ގުރޫޕު ބީގައި ރޭ ދަޑިމަގު ރަނިން ޓީމުގެ މައްޗަށް 1-3 ން ކުރި ހޯދައި ސެމީ ފައިނަލުގެ ފުރުސަތު ހޯދަޑު ސްޕައިކަރސް ޓީމުން ވަނީ ބޮޑުކޮށްފައެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗު ސެޓުތައް ހޯދަޑު ޓިމުން ކާމިޔާބުކުރީ 25-16، 18-25، 25-10 އަދި 25 -21 އިންނެވެ. ގުރޫޕު ބީގެ ޕޮއިންޓްތަކަށް ބަލާއިރު ހޯދަޑު ޓީމަށް 156 ޕޮއިންޓް ދެމެޗުން ލިބިފައެވެ. މިސްކިތްމަގު ޓީމަށް އެއްމެޗުން ލިބިފައި ވަނީ 83 ޕޮއިންޓެވެ. އަދި ދަޑިމަގު ޓީމަށް ހޯދިފައި ވަނީ 72 ޕޮއިންޓެވެ.

ހޯދަޑު ޓީމަށް ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް އެޓީމުގެ ކޯޗު މުޙައްމަދު އަހުމަދު ބުންޏެވެ. އެއީ މިހާތަނަށް އެޓީމަށް 4 ސެޓު ލިބިފައިވުމާއި ޕޮއިންޓުގެ ގޮތުން 156 ހަމަ ކުރެވިފައި ވުމުންނެވެ. ދަޑިމަގު ޓީމަށް 3 ސެޓުން މޮޅުވެގެން ވެސް ހޯދެނީ 4 ސެޓެވެ. އަދި މިސްކިތްމަގު ޓީމުން ދަޑިމަގާއި ބައްދަލުކުރާ މެޗުން  1 ސެޓް ހޯދައި ޖުމްލަ 65 ޕޮއިންޓް ހޯދައިގެން ސެމީ ފައިނަލަށް ދެވިދާނެއެވެ. ނަމަވެސް ދަޑިމަގު ޓީމަށް މިސްކިތްމަގު ޓީމު ކައިރިން މޮޅު ވުން އެއީ ފަސޭހަ ކަމަކަށް ނުވާނެއެވެ.  އެހެނީ އަންހެނުންގެ ވޮލީބޯޅަ މުބާރާތްތަކުގެ ކުޅުމަށް ބަލާއިރު މުޅިންހެން ވެސް ނަތީޖާ ބުރަވެފައި އޮންނަނީ ރާއްޖެއިން ބޭރުގެ ކުޅުންތެރިންގެ މައްޗަށް ކަމަށްވެފައި ދަޑިމަގު ޓީމުގައި މިފަހަރު ބޭރު ކުޅުންތެރިއަކުން ނެތުމުމާއި، މިސްކިތްމަގު ޓީމުގައި ނޭޕާލު ދެކުޅުންތެރިން ތިބުމުުން، ދަޑިމަގު ޓީމަށް އެމެޗު ކާމިޔާބު ކުރުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ބެލެވެއެވެ. 

ދަޑިމަގަށް ކިރިޔާވެސް ފުރުސަތެއް އޮތީ ފަހު މެޗު މަތީ ސްކޯތަކަކުން މޮޅުވެގެންނެވެ. އަދި ދަޑިމަގު ޓީމު މަތީ ސްކޯއަކުން މޮޅުވާއިރު މިސްކިތްމަގު ޓީމު ކެޓުމުގެ ފުރުސަތު ވެއ އެބައޮތެވެ. ނަމވެސް ވަރުގަދަ މިސްކިތްމަގު ޓީމުން ގުރޫޕު އެއްވަނަ ހޯދައި ފައިނަލަށް ދިއުމަށް ދެފުރުސަތު ހޯދުމަށް ވާދަވެރި  މޮޅުކުޅުމެއް ދައްކާނެ ކަމަށް ބެލެވެއެވެ. ފަހުމެޗުން 3-1 ނުވަތަ 3-2 ސެޓުން ދަޑިމަގު މޮޅުވެގެން، ދަޑިމަގާއި މިސްކިތްމަގަށް ސެމީއަށް ދެވުމުގެ ހަނި ފުރުސަތެއް އަދި އެބައޮތެވެ. ނަމަވެސް އެއީ 5 ސެޓަށް މެޗު ގޮސް، ކޮންމެ ސެޓަކުން ވެސް ދެޓީމަށް ގިނަ ޕޮއިންޓްތަކެއް ލިބިމެ ދަޑިމަގު ޓީމު މޮޅު ވެގެންނެވެ.

މިއަދު ހަވީރު ކުޅޭ މާދަޑު އޮމަލާސް ޓީމުގެ ކޯޗު ޑީޑީ ބުނާ ގޮތުން ކުރީގެ މެޗުން ބަލިވީ ހެދުނު ބޮޑެތި ގޯސްތަކާހެދި ކަމަށެވެ. ނަމަވެސް މިއަދުގެ މެޗުގައި އެތަންތަން ރަނގަޅުކޮށް ދޫނޑިގަމު ޓީމުގެ މައްޗަށް ކުރި ހޯދައި ސެމީއަށް ދިއުމުގެ ޔަގީން ކަން ވަރަށް ބޮޑެވެ. މިއަދު ހަވީރު ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުގެ އެއްޖާގަ ލިބޭނެއެވެ. މިރޭ ބައްދަލުކުރާނީ މިގުރޫޕުގެ ފަހުމެޗެވެ. އެމެޗުން ފުނާޑު ޓީމު މޮޅުވެގެން ގުރޫޕުގެ އެއްވަނަ ހޯދާނެ ކަމަށް ބެލެވެއެވެ. އަދި  މާލެގަމު ޓީމު މިހާރު ވެސް ކަޓާފައި ވުމުން އެމެޗުގެ މާބޮޑު ފޯރިއެއް ނުހުރެދާނެއެވެ.


ކިޔުންތެރިންގެ ޚިޔާލު