28 މެއި 2020 ( ބުރާސްފަތި )

banner

ރާއްޖޭގެ ގައުމީ ޓީމު

ފީފާގެ އެންމެ ފަހުގެ ރޭންކިންގައި ރާއްޖެ އަށް 1 ދަރަޖައިގެ ކުރިއެރުމެއް

ފީފާގެ އެންމެ ފަހުގެ ރޭންކިންގައި ރާއްޖޭ އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ސާކުގެ 4 ވަނަ ލިބޭއިރު ދުނިޔޭގެ ރޭންކިން އިން ލިބެނީ 176 ވަނައެވެ. ސާކުގެ އެއްވަނާގައި 183 ޕޮއިންޓާއެކު އަފުޣާނިސްތާން އޮތީ ދުނިޔޭގެ 150 ވަނައާ ވެސް އެކުގައެވެ. ސާކުގެ ދެވަނާގައި 128 ޕޮއިންޓާއެކު އިންޑިއާއޮތް އިރު އެއީ ދުނިޔޭގެ 167 ވަނައެވެ. ރާއްޖެއަށް 96 ޕޮއިންޓް ލިބިފައިވާ އިރު މިއީ ކުރީގެ ރޭންކިން އަށް ވުރެ 1 ދަރަޖައިގެ ކުރިއެރުމެކެވެ.

ސާކުގެ ތިންވަނާގައި ބޫޓާން އޮތީ ޖުމްލަ 106 ޕޮއިންޓާއެކުއެވެ. ރާއްޖެއާއި ޖެހިގެ 177 ވަނާގައި ޕާކިސްތާން އޮތީ 7 ޕޮއިންޓް ރާއްޖެއަށް ވުރެ މަދުން ލިބިގެންނެވެ. ބަގްލަދޭޝް 182 ވަނާގައި އޮތް އިރު ނޭޕާލް 109 ވަނަ އަދި ސްރީލަންކާ އޮތީ 191 ވަނާގައެވެ.

އޭޝިއާއިން އެއްވަނާގައި އީރާން އޮތީ ދުނިޔޭގެ ވަނައިން 39 އެއްގައެވެ. ދެން ދެކުނު ކޮރެއާ 53ވަނަ، ޖަޕާން 55 އަދި އޮސްޓްރޭލިއާ 58 ވަނާގައެވެ.

ދުނިޔޭގެ އެއްވަނަ އާޖެންޓީނާ، 2 ވަނަ ޖާރމަނީ، 3 ވަނަ ބެލްޖިއަމް، 4 ވަނަ ޕޯރޗުގަލް 5 ވަނަ ކޮލަމްބިއާ، 6 ވަނަ ސްޕެއިން، 7 ވަނަ ބްރެޒިލް، 8 ވަނަ ވޭލްސް 9 ވަނަ ޗިލީ އަދި 10 ވަނަ އިންގްލޭންޑް އެވެ.


ކިޔުންތެރިންގެ ޚިޔާލު