A wide advertisement which will be shown on all devices. (700 x 100)

ޒިދާން ފުޓްސަލްގައި

ޒިދާން 2013 ވަނަ އަހަރު ކުޅުނު ފީފާ ވޯލްޑްކަޕް ފުޓްސަލް މުބާރާތުގައި ކުޅެނީ- ޗެމްޕިއަން ފްރާންސް. ފޮޓޯ ފީފާ

ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންގެ ޅައުމުރުފުރާގައި ފުޓުސަލް ކުޅެ، ފުޓުބޯޅައިގެ ގިނަ ހުނަރުތަކެއް ދަސްކޮށްފައި ވެއެވެ. އަދި އެހުނަރުތަކުގެ ފައިދާ އެމީހުންގެ ފުޓުބޯޅަ ކެރިއަރުގައި ވެސް ފެނިގެން ގޮސްފައި ވަނީ ޖާދުލެއްފަދައިން އެހެންމީހުންގެ ސަމާލުކަން ދަމައިގަނެގެންނެވެ. އެގޮތުން ލިއޮނެލް މެސީ، ނޭމާ، ރޮނަލްޑީނިއޯ، ކްރިސްޓީއާނާ ރޮނަލްޑޯ، ޒާވީ އަދި ޒައިނުއްދީން ޒިދާން ގެ ހުނަރުތައް ފާހަނގަ ކުރެވެއެވެ. މިކުޅުންތެރިންގެ ޖާދުލެއްފަދަ ހުނަރުތައްކާއި އިދިކޮޅު ޓީމުތައް، ރަސްމީ ވިނަ ދަނޑުތަކުގައި ބަލިކޮށްލުމުގައި މުހިންމު ދައުރެއް އަދާކޮށް ފައި ވާކަމަށް ގަބޫލުކުރަން ޖެހެއެވެ.

ޒިދާން ރަސްމީ ފުޓުބޯޅައިން 2006 ގައި ރިޓަޔަރ ކުރުމަށްފަހު ވެސް އަންނަނީ މަތީ ފެންވަރެއްގައި ފުޓުސަލް ކުޅެމުންނެވެ. އެގޮތުން އޭނާ ވަނީ 2013 ވަނަ އަހަރުފެ ފީފާ ފުޓްސަލް މުބާރާތް ކާމިޔާބުކުރި ފްރާންސް ޓީމުގައި މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ.

ފީފާގެ 8ވަނަ ފުޓްސަލް މުބާރާތް އަންނަ އަހަރު ކޮލްމްބިއާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !