A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލުގެ ވޮލީ ބޯޅަ މުބާރާތް މިމަހު 10 ގައި

ފްރީގައިޒް ވޮލީ ބޯލް މުބާރާތުގެ އިޝްތިހާރެއް؛ ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން “ފްރީގައިޒް ވޮލީ ބޯލް މުބާރާތް” ނަމުގައި އަންހެން އަދި ފިރިހެނުންގެ ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވީ މިމަހުގެ 10 ގައި ފެއްޓުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ ވޮލީ މުބާރާތެވެ. އަދި 15 ގައި ފެއްޓުމަށް ހަމަޖެހިފައިވަނީ ފިރިހެނުންގެ ވޮލީ މުބާރާތެވެ. މިމުބާރާތުގެ ޗެމްޕިއަން އަންހެން އަދި ފިރިހެން ޓީމަށް 30000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ބައިވެރިވެފައިވަނީ ފިރިހެން 6 ޓީމުންނާއި އަންހެން 6 ޓީމުންނެވެ. އެއީ ފިރިހެން ބައިގައި ދަޑިމަގު ދެ ޓީމާއި ދިގުވާނޑު، ހޯދަޑު، މާދަޑު އަދި ފުނާޑު އަވަށުންނެވެ. އަންހެންބައިގައި ބައިވެރިވެފައިވަނީ ދަޑިމަގު، ހޯދަޑު، މާދަޑު، މިސްކިތްމަގު، މާލެގަން އަދި ފުނާޑުއެވެ.

މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޮންމެ ޓީމެއްގެ ޓީމްލިސްޓްގައި ރަށުން ބޭރު 3 ކުޅުންތެރިން ހިމެނޭނެއެވެ. އަދި އެކުޅުންތެރިންގެ ތެރޭގައި ހިމެނޭނީ ބިދޭސީ އެއް ކުޅުންތެރިއެކެވެ. އަދި ކޯޓްގައި އެއްފަހަރާ ކުޅުމަށް ފުރުސަތު ލިބޭނީ ރަށުން ބޭރު ދެ ކުޅުންތެރިންނަށެވެ. އަދި އެ ދެ ކުޅުންތެރިންގެ ތެރޭގައި ބިދޭސީ ކުޅުންތެރިން ކުޅޭނަމަ އެކުޅުންތެރިންވެސް ހިމެނެން ޖެހެއެވެ.

މިމަހު 10 ގައި ފެއްޓުމަށް ހަމަޖެހިފައިވާ މުބާރާތުގައި ހުރިހާ ޓީމެއްގައިވެސް ބިދޭސީ އަދި ގައުމީ ޓީމްގެ ކުޅުން ތެރިން ފެނިގެންދާނެ ކަމަށް ގިނަ ޓީމްތަކުން ބުންޏެވެ.

އަތޮޅު ކައުންސިލްގެ މިއަހަރުގެ ވޮލީ ބޯޅަ މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ފްރީ ގައިޒް ހޯލްޑިންގ އިންނެވެ. މިދިޔަ އަހަރުވެސް އަތޮޅު ކައުންސިލުން ވޮލީ މުބާރާތެއް ބާއްވާފައިވެއެވެ. އަދި އިންޓަރ ސްކޫލް ވޮލީ މުބާރާތެއްވެސް ބާއްވާފައިވެއެވެ. އިންޓަރ ސްކޫލް މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒު އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !