23 މާރިޗު 2019 ( ހޮނިހިރު )

banner

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ވާދަ ކުރާ ޓީމުތައް

ޔޫއެފާ ޗެމްޕއިންސް ލީގުގެ ގަދަ 16ގެ ގުރު ނަގައިފި

ޔޫއެފާ ޗެމްޕިންސް ލީގުގެ ގަދަ 16 ގެ ގުރު ނެގުން އިއްޔެ ސްވިޒަރލޭންޑްގެ ނިއޯން ގައި ބާއްވައިފިއެވެ. މިބުރުގައި ޓީމުތައް ކުޅެނީ ނޮކް-އައުޓު އުސޫލުން ހޯމް އެންޑް އަވޭ ދެ މެޗެވެ. ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު ފެބްރުއަރީ 12/13 އަދި 19/20 މިދެ ފަހުތާގެ އަންގާރަ އަދ ބުދަ ދުވަހުގެ ރެއެވެ.

ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާރޗް 5/6 އަދި 12/13 ގައެވެ. އެއިގެ ފަހުން 15 މާރޗުގައި ކުއަރޓަރ ފައިނަލާއި ސެމީ ފައިނަލުގެ ގުރު ނެގުން އޮންނާނެއެވެ.

ގަދަ 16 ގައި ވާދަކުރާނެ ޓީމުތައް

12 ފެބްރުއަރީ އަދި 6 މާރޗުގައި: މެންޗެސްޓަރ ޔުނިައޓެޑާއި ޕީއެސްޖީ (ފްރާންސް) އަދި ރޯމާ (އިޓަލީ) އާއި ޕޯރޓޯ (ޕޯރޗުގަލް)

13 ފެބްރުއަރީ އަދި 5 މާރޗުގައި: ޓޮޓްނަމް އާއި ޑޯރޓްމުނޑް(ޖަރުމަން) އަދި ރިއާލް މެޑްރިޑާއި އަޔަކްސް (ނެދަރލޭންޑް)

19 ފެބްރުއަރީ އަދި 13 މާރޗުގައި: ލިއޯން(ފްރާންސް) އާއި ބާސެލޯނާ އަދި ލިވަރޕޯލް އާއި ބެޔާން މިޔުނިކު (ޖަރުމަން)

20 ފެބްރުއަރީ އަދި 12 މާރޗުގައި: ޝާލްކޭ(ޖަރުމަން) އާއި މެންޗެސްޓަރ ސިޓީ އަދި އެތުލެޓިކޯ މެޑްރިޑް (ސްޕެއިން) އާއި ޔުއެންޓަސް (އިޓާލީ)

ލިވަރޕޯލްގެ ކޯޗު، ޔޯގެން ކްލޮޕް އަކީ ކޯޗެއްގެ ގޮތުން އެންމެ ގިނަ ފަހަރު ބެޔާން އާއި ދެކޮޅަށް ކުޅުނު ކޯޗެވެ. އޭނާގެ ޓީމު 26 ފަހަރު ބެޔާން އާއި ވާދަކޮށް 9 މޮޅާއި 16 ބަލި އަދި 4 ފަހަރު އެއްވަރުވެގެން ނިމިފައި ވެއެވެ.

ފާއިތުވި އަހަރުގެ މިމުބާރާތުގައި ޓޮޓްނަމް ވަނީ ގްރޫޕް ސްޓޭޖުގައި ދެ ފަހަރަށް ވެސް ޑޯމުންޑް ބަލިކޮށްފައެވެ. ހޯމް މެޗު 3-1 އަދި އަވޭ މެޗު 2-1 ން ވަނީ މޮޅުވެފައެވެ.

ބާސެލޯނާއިން ލިއޯން އާއި ވާދަކުރި 6 ފަހަރުގެ ތެރެއިން 2 ފަހަރު އެއްވަރުވި އިރު އަނެއް 4 ފަހަރު ބާސާ ވަނީ މޮޅުވެފައެވެ.

އެޓުލެޓިކޯ މެޑްރިޑު އިޓަލީގެ އެކި ޓީމުތަކާއި އެކު ކުޅެ ފާއިތުވި 9 މެޗުން ވެސް ބަލި ވެފައެއް ނުވެއެވެ. 7 މެޗުން މޮޅު އަދި 2 މެޗުން ވަނީ އެއްވަރު ވެފައެވެ.

ރިއާލް މެޑްރިޑުން އަޔެކްސް އާއި އެންމެ ފަހުން ކުޅުނު 6 މެޗުން ވެސް މޮޅުވިއިރު 20 ގޯލު ޖަހައި ބައިކޮޅަަށް ވަދެފައި ވަނީ 2 ގޯލެވެ.

ލިވަރޕޫލް އެންމެ ފަހުން ޔޫއެފާ ސުޕަރ ކަޕުގެ ފައިނަލުގައި ބެޔާން އާއި ކުޅެ 3-2 ން ވަނީ މޮޅުވެފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު 2016/17 ސީޒަނުގެ ޕްލޭ އޯފް ގައި ޕޯރޓޯ ވަނީ ރޯމާގެ މައްޗަށް 4-1 ގެ އެގްރިގޭޓުން ކުރި ހޯދާފައެވެ.

banner


ކިޔުންތެރިންގެ ޚިޔާލު