A wide advertisement which will be shown on all devices. (700 x 100)

ފްރީގައިޒް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ކުޅުން މިމަހު 15 ގައި

މިހާރު ކުރިއަށް ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގައި ވާދަކުރާ ޓީމްތަކުގެ ބައެއް ސަޕޯޓަރުން. ފޮޓޯ ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފްރީގައިޒް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ކުޅުން މިމަހު 15 ގައި ފެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިމުބާރާތުގެ ފިރިހެން ބައިގައި ބައިވެރިވެފައިވަނީ ހަ ޓީމެކެވެ. މުބާރާތުގެ މެޗްތައް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އިއްޔެ މެންދުރު ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓްގައި ބޭއްވި ގުރުނަގާފައިވެއެވެ. ގުރޫޕް 1 ގައި ހިމެނެނީ އެކުވެރި ފުނާޑު، މާދަޑު ފިސްޑާ އަދި ދަޑިމަގު އެކުވެރިންނެވެ. ގުރޫޕް 2 ގައި ހިމެނެނީ ހޯދަޑު ޔަންގު ޖަނަރޭޝަން، ދަޑިމަގު ހުދުކެޑެ އަދި ދިގުވާނޑު އަފުން ޓީމެވެ.

މިމުބާރާތްވެސް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމެއް ސެމީއަށްދާ ގޮތަށެވެ. އަދި ސެމީގައި 3 މެޗް ކުޅޭ ގޮތަށެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގުރޫޕް 1 ގެ އެއްވަނަ ޓީމާއި ގުރޫޕް 2 ގެ އެއްވަނަ ޓީމެވެ. މިމެޗް ކާމިޔާބުކުރާ ޓީމެއް ފައިނަލަށް ދާނެއެވެ. އަދި ސެމީގެ 2 ވަނަ މެޗްގައި ބައްދަލުކުރާނީ ގުރޫޕް 1 ގެ ދެވަނަ ޓީމާއި ގުރޫޕް 2 ގެ ދެވަނަ ޓީމެވެ. މިމެޗް ކާމިޔާބުކުރާ ޓީމް ދެން ކުޅެންޖެހޭނީ ފުރަތަމަ ސެމީއިން ބަލިވި ޓީމަކާއެކުއެވެ. މިމެޗް ކާމިޔާބުކުރާ ޓީމެއް ފައިނަލަށް ދާނެއެވެ.

މިއީ ފުވައްމުލަކުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. އެގޮތުން މިމުބާރާތަށްޓަކައި ރާއްޖޭން ބޭރުގެ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންވެސް ޓީމްތަކަށް ކުޅޭނެއެވެ. ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 30000 ރުފިޔާ އެވެ. މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ފްރީގައިޒް ހޯލްޑިންގ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !