A wide advertisement which will be shown on all devices. (700 x 100)

ފުނާޑު ބަލިކޮށް މިސްކިތްމަގު ފައިނަލާ ގާތަށް

ކްއީން އޮފް ދަ މެޗް ހޯދި ކޮޕިލާ ރޭގެ މެޗްގައި ޝޮޓެއް ޖަހަނީ. ފޮޓޯ: ތަލާލް

ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގައި ރޭ ކުޅުނު މެޗް އެކުވެރި ފުނާޑު ބަލިކޮށް މިސްކިތްމަގު އެންމެންގެ ގުޅުން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތުގެ ރޭ ބައްދަލުކުރި މެޗްގައި އެކުވެރި ފުނާޑުގެ މައްޗަށް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ 3-0 އިންނެވެ. މެޗްގެ ފުރަތަމަ ސެޓް މިސްކިތްމަގު ގެންދިޔައީ 25-22 އިންނެވެ. ދެވަނަ ސެޓް ގެންދިޔައީ 25-19 އިންނެވެ. އަދި ތިންވަނަ ސެޓްވެސް ގެންދިޔައީ 25-22 އިންނެވެ. ރޭގެ މެޗްގެ ކްއީން އޮފް ދަ މެޗް ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ނޭޕާލް ކުޅުންތެރިޔާ ކޮޕިލާ އެވެ. މިމޮޅާއި އެކު މިސްކިތްމަގު ފައިނަލަށް ދިޔުމަށް ދެން ކުޅެންޖެހޭނީ ފުރަތަމަ ސެމީ އިން ބަލިވި މާދަޑު ފިސްޑާ އާއި އެވެ. މިމެޗް ކާމިޔާބުކުރާ ޓީމެއް ފައިނަލްގައި ކުޅެންޖެހޭނީ ދަޑިމަގު ރަނިން އާއި އެވެ.

މުބާރާތުގެ މިއަދު ހަވީރު ކުޅޭނީ ފިރިހެން ޑިވިޒަންގެ ފުރަތަމަ މެޗެވެ. މިމެޗްގައި ބައްދަލުކުރާނީ ގުރޫޕް 1ގެ މާދަޑު ފިސްޑާ އާއި އެކުވެރި ފުނާޑެވެ. މިރޭ ކުޅޭނީ ގުރޫޕް 2ގެ ހޯދަޑު ޔަންގު ޖަނަރޭޝަން އާއި ދަޑިމަގު ހުދުކެޑެ އެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !