17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ފިސްޑާގެ ކުޅުންތެރިޔަކު ޝޮޓެއް ޖަހާއިރު ފުނާޑުގެ ދެ ކުޅުންތެރިން ބްލޮކް ކުރަނީ. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފްރީގައިޒް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަން: ފުރަތަމަ ދެ މެޗް ފިސްޑާ އާއި ދަޑިމަގު ހުދުކެޑަށް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން “ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓް” ފިރިހެން ޑިވިޒަންގެ ފުރަތަމަ ދެ މެޗް މާދަޑު ފިސްޑާ އާއި ދަޑިމަގު ހުދުކެޑެ ކާމިޔާބުކޮށްފިއެވެ.

ފިރިހެން ޑިވިޒަންގެ ފުރަތަމަ މެޗްގެ ގޮތުގައި އިއްޔެ ހަވީރު ކުޅުނު މެޗައި ބައްދަލުކުރީ އެކުވެރި ފުނާޑު އާއި މާދަޑު ފިސްޑާއެވެ. މިމެޗް ވަރަށް ފަސޭހަ ކަމާއި އެކު ފިސްޑާ ކާމިޔާބުކުރީ 3-0 އިންނެވެ. ފުރަތަމަ ސެޓް ގެންދިޔައީ 9-25 އިންނެވެ. ދެވަނަ ސެޓް 11-25 އިންނެވެ. އަދި ތިންވަނަ ސެޓް 13-25 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކީ ފިސްޑާގެ މުހައްމަދު އަހްމަދު (މުއްޓޭ) އެވެ. މިއީ ގުރޫޕް 1ގެ މެޗެކެވެ.

ރޭ ކުޅުނު ގުރޫޕް 2ގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ހޯދަޑު ޔަންގު ޖަނެރޭޝަންއާއި ދަޑިމަގު ހުދުކެޑެ އެވެ. މިމެޗްގެ ފުރަތަމަ ސެޓް ދަޑިމަގު ހުދުކެޑެ ގެންދިޔައީ 23-25 އިންނެވެ. ދެވަނަ ސެޓް ގެންދިޔައީ ހޯދަޑުއިންނެވެ. އަދި ތިންވަނަ ސެޓްގެންދިޔައީ ދަޑިމަގުކަމަށްވިޔަސް ހަތަރުވަނަ ސެޓް ހޯދަޑު ގެންދިޔުމުން ނަތީޖާ ނެރެންޖެހުނީ ފަސް ސެޓް ކުޅެގެންނެވެ. ވަރަށް ހަމަހަމަ ކުޅުމަކާއި އެކު 13-15 އިން ދަޑިމަގު މިސެޓްގެންގޮސް މެޗް ކާމިޔާބުކުރިއެވެ.

މިއަދު ހަވީރު ބައްދަލުކުރާނީ ހޯދަޑު ޔަންގު ޖަނެރޭޝަން އާއި ދިގުވާނޑު އަފުން ޓީމެވެ. މިރޭގެ މެޗްގައި ބައްދަލުކުރާނީ އެކުވެރި ފުނާޑު އާއި ދަޑިމަގު އެކުވެރިންނެވެ.

މިއީ ފުވައްމުލަކުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. އެގޮތުން މިމުބާރާތަށްޓަކައި ރާއްޖޭން ބޭރުގެ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންވެސް ޓީމްތަކަށް ކުޅެއެވެ. މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ފްރީގައިޒް ހޯލްޑިންގ އެވެ.

banner

ކިޔުންތެރިންގެ ޚިޔާލު