23 މެއި 2019 ( ބުރާސްފަތި )

banner

ބާސެލޯނާގެ ސްޓްރައިކިން ޕާޓްނަރ، ސުއަރޭޒް މެސީއަށް ހަދިޔާއަކަށް ދިން ޕިޖާމާ. ފޮޓޯ މެސީ

ސުއަރޭޒްގެ ހަދިޔާއެއް މެސީއަށް

މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނަލް މެސީއަށް އެނާގެ ޓީމުގެ ބައިވެރިޔެއް ކަމަށްވާ ލުއިސް ސުއަރޭޒް ހަދިޔާއަކަށް ޕިޖާމާއެއް ދީފިއެވެ. އަދި މެސީ ވަނީ އެކަމަށް ސުއަރޭޒަށް ޝުކުރު އަދާކޮށް އޭނާގެ ފޭސްބުކުގައި އެޕިޖާމާ ލައިގެން ހުރި ފޮޓޯއެއް އާއްމު ކޮށްފައެވެ.

މެސީގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ ސުއަރޭޒް އެނާއަށް ދިން ހަދިޔާގައި ‘ގްރަމްޕީ” (ފޮޓޯގައި) ގެ ފޮޓޯއެއް ހުރީ ކީއްވެގެން ކަން އޭނާއަށް ނުވިސްނުނު ކަމަށެވެ.

މިދުވަސްކޮޅު މެސީ ކުޅުމާއި ދުރުގައި ހުންނަ ޖެހިފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އެހެންވެ އޭނާއާއެކު ބާސެލޯނާގެ ފޯވަޑަށް ކުޅޭ، އެޓޭކިން ޕާޓްނަރު ސުއަރޭޒް މެސީ ކައިރީ ގިނައި ނިދައި އަރާމުކުރާށޭ ބުނާކަހަލައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު