A wide advertisement which will be shown on all devices. (700 x 100)

ފްރީގައިޒް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަން: އެއްވެސް މެޗަކުން މޮޅުނުވެ ހޯދަޑު އަދި ފުނާޑު މުބާރާތުން ކަޓައިފި

އަފުން ޓީމް އަދި ހޯދަޑު ޔަންގު ޖަނެރޭޝަން ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އައްކަޅޭ. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން “ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓް” ފިރިހެން ޑިވިޒަންގެ ގުރޫޕް 1 ހިމެނޭ އެކުވެރި ފުނާޑު އާއި ގުރޫޕް 2 ގައި ހިމެނޭ ހޯދަޑު ޔަންގު ޖަނެރޭޝަން ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ މުބާރާތުން ކަޓައިފިއެވެ.

އިއްޔެ ހަވީރު ކުޅުނު ގުރޫޕް 2 ގެ މެޗްގައި ބައްދަލުކުރީ ދިގުވާނޑު އަފުން ޓީމާއި ހޯދަޑު ޔަންގު ޖަނެރޭޝަން އެވެ. މިމެޗް 3-0 އިން ވަރަށް ފަސޭހަ ކަމާއި އެކު ދިގުވާނޑު އަފުން ޓީމް ކާމިޔާބުކުރިއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކީ އަފުން ޓީމްގެ އަޝްފާގް އާދަމް (އައްކަޅޭ) އެވެ.

ރޭ ކުޅުނީ ގުރޫޕް 1 ގެ މެޗެކެވެ. މިމެޗްގައި ބައްދަލުކުރީ އެކުވެރި ފުނާޑާއި ދަޑިމަގު އެކުވެރިންނެވެ. ފުރަތަމަ ސެޓްގައި ގަވާއިދާއި ހިލާފަތް ކުޅުންތެރިޔަކު ކުޅެން އެރުވުމުން މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިސެޓް ލިބުނީ ފުނާޑަށެވެ. ނަމަވެސް ފަހު ތިން ސެޓް ވަރަށް ފަސޭހަ ކަމާއި އެކު ދަޑިމަގު އެކުވެރިން ގެންގޮސް ފުނާޑު މުބާރާތުން ކަޓުވާލިއެވެ.

މިއަދު ހަވީރު ބައްދަލުކުރާނީ ދަޑިމަގު އެކުވެރިންނާއި މާދަޑު ފިސްޑާއެވެ. މިރޭ ކުޅޭނީ އަންހެން ޑިވިޒަންގެ ތިންވަނަ ސެމީ ފައިނަލެވެ. މިމެޗްގައި ބައްދަލުކުރާނީ މާދަޑު ފިސްޑާ އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިމެޗް ކާމިޔާބުކުރާ ޓީމެއް ފައިނަލަށް ހޮވޭނެއެވެ.

މިއީ ފުވައްމުލަކުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. އެގޮތުން މިމުބާރާތަށްޓަކައި ރާއްޖޭން ބޭރުގެ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންވެސް ޓީމްތަކަށް ކުޅޭނެއެވެ. މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ފްރީގައިޒް ހޯލްޑިންގ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !