24 ޖުލައި 2019 ( ބުދަ )

ފިސްޑާ އަދި ދަޑިމަގު އެކުވެރިން ބައްދަލުކުރި މެޗް. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފްރީގައިޒް ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަން: ހުރިހާ މެޗަކުން މޮޅުވެ، ގުރޫޕް އެއްވަނައިގެ ގޮތުގައި ދަޑިމަގު އެކުވެރިން ސެމީއަށް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން “ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓް” ފިރިހެން ޑިވިޒަންގެ ގުރޫޕް 1 ހިމެނޭ ދަޑިމަގު އެކުވެރިން، މާދަޑު ފިސްޑާ އާއި ބައްދަލުކޮށް މެޗް ކާމިޔާބުކޮށްގެން ގުރޫޕް އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށް ހިގައްޖެއެވެ.

މިއަދު ހަވީރު ކުޅުނު މެޗް ދަޑިމަގު އެކުވެރިން ކާމިޔާބުކުރީ މާދަޑު ފިސްޑާ އިން ފުރަތަމަ ދެ ސެޓް ގެންގޮސްފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓް ހޯދައިގެންނެވެ.

މިމެޗްގައިރެފްރީންގެ ފަރާތުން ގޯސްތަކެއް ހެދިފައިވާކަމަށް ގިނަ ބަޔަކު ބުނަމުންދިޔައެވެ. އަދި ފިސްޑާއިންވެސް އެކަން ފާހަނގަކޮށްފައިވެއެވެ.

މިރޭ ކުޅޭނީ އަންހެން ޑިވިޒަންގެ ތިންވަނަ ސެމީ ފައިނަލެވެ. މިމެޗްގައި ބައްދަލުކުރާނީ މާދަޑު ފިސްޑާ އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިމެޗް ކާމިޔާބުކުރާ ޓީމެއް ފައިނަލަށް ހޮވޭނެއެވެ.

މިއީ ފުވައްމުލަކުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. އެގޮތުން މިމުބާރާތަށްޓަކައި ރާއްޖޭން ބޭރުގެ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންވެސް ޓީމްތަކަށް ކުޅޭނެއެވެ. މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ފްރީގައިޒް ހޯލްޑިންގ އެވެ.


ކިޔުންތެރިންގެ ޚިޔާލު