17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޓީމް.

ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓް: މިސްކިތްމަގު ފައިނަލަށް

ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގައި ރޭ ކުޅުނު މެޗް މާދަޑު ފިސްޑާ ބަލިކޮށް މިސްކިތްމަގު އެންމެންގެ ގުޅުން ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތުގެ ރޭ ބައްދަލުކުރި މެޗްގައި މާދަޑު ފިސްޑާގެ މައްޗަށް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ 3-0 އިންނެވެ. މެޗްގެ ފުރަތަމަ ސެޓް މިސްކިތްމަގު ގެންދިޔައީ 25-22 އިންނެވެ. ދެވަނަ ސެޓް ގެންދިޔައީ 25-24 އިންނެވެ. އަދި ތިންވަނަ ސެޓްވެސް ގެންދިޔައީ 25-23 އިންނެވެ. ރޭގެ މެޗްގެ ކްއީން އޮފް ދަ މެޗް ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ނޭޕާލް ކުޅުންތެރިޔާ ކޮޕިލާ އެވެ.

މުބާރާތުގެ މިރޭ ކުޅޭނީ ފިރިހެން ޑިވިޒަންގެ ގުރޫޕް 2ގެ މެޗެވެ. މިމެޗްގައި ބައްދަލުކުރާނީ ދިގުވާނޑު އަފުން ޓީމާއި ދަޑިމަގު ހުދުކެޑެ ޓީމެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު