A wide advertisement which will be shown on all devices. (700 x 100)

ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގެ އަންހެން ޗެމްޕިއަންކަން މިސްކިތްމަގަށް

ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގެ އަންހެން ޗެމްޕިއަން މިސްކިތްމަގު އެންމެންގެ ގުޅުން. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގައި ރޭ ކުޅުނު އަންހެން ޑިވިޒަންގެ ފައިނަލް މެޗް ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތުގެ ރޭ ބައްދަލުކުރި މެޗްގައި މިސްކިތްމަގު އެންމެންގެ ގުޅުން ސީދާ ތިން ސެޓުން މެޗް ކާމިޔާބުކުރީ ދަޑިމަގު ރަނިންގެ މައްޗަށް ކުރިހޯދައިގެންނެވެ. ރޭގެ މެޗްގައި ފުރަތަމަ ދެ ސެޓް މިސްކިތްމަގު ގެންދިޔައީ25-16 އިން ވަރަށް ފަސޭހަކަމާއި އެކުއެވެ. ދެވަނަ ސެޓްވެސް ގެންދިޔައީ ފަސޭހަކަމާއި އެކު 25-15 އިންނެވެ. ނަމަވެސް ތިންވަނަ ސެޓް ދަޑިމަގުން ލީޑްނަގާފައިވަނިކޮށް ފަހަތުން އަރައި މިސްކިތްމަގު ލީޑްނަގައިން ތިންވަނަ ސެޓް ގެންދިޔައީ 25-21 އިންނެވެ. ރޭގެ މެޗްގައި އެންމެ ބޮޑު ތަފާތު މޮޅުކުޅުމެއް ފެނިގެންދިޔައީ ފައިނަލް މެޗް ކުޅުމަށް ރޭގެ ފްލައިޓުން މިސްކިތްމަގު ޓީމަށް ގެނައި ގައުމީ ޓީމްގެ ކުޅުންތެރިޔާ މާޖިދާގެ ފަރާތުންނެވެ. މިމުބާރާތުގައި މާޖިދާ ކުޅެފައިވަނީ ހަމައެކަނި ރޭގެ މެޗެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ބިދޭސީ ކުޅުންތެރިޔާ ކޮޕިލާއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ކޮޕިލާ، މާޖިދާ ދަޑިމަގު ރަނިންގެ ޖޫޒާން، ތިޖިލާ ރާޖް، މާދަޑު ފިސްޑާގެ ވާސޫ، އަދި އެކުވެރި ފުނާޑުގެ ތިލިނީ އެވެ. އެންމެ މޮޅު ކޯޗަކީ މިސްކިތްމަގު ޓީމްގެ ކޯޗް ކަޕިލް އެވެ. ފެއަރޕްލޭ ޓީމަކީ ދަޑިމަގު ރަނިންއެވެ. ރޭގެ މެޗަށް ފަހު ދަޑިމަގު ރަނިން ޓީމްގެ އެއް ވެސް ކުޅުންތެރިޔަކު އަދި އޮފިޝަލެއްވެސް އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި އެޓީމަށް ލިބުނު ފައިސާގެ އިނާމާއި ސެޓްފިކެޓްތައް އަދި ޓްރޮފީތައް ދިނުމަށް އިއުލާންކުރުމުންވެސް ހޯދާފައެއް ނުވެއެވެ. މަގާމްތައް އިއުލާން ކުރުމާއި އެކު ދަޑިމަގު ރަނިން ޓީމް މުބާރާތާއި މެދު ހިތްހަމަނުޖެހިގެން ދަނޑުން ނިކުމެގެންދިޔަ މަންޒަރު ފެނިފައިވެއެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް 40000.00 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20000.00 ރުފިޔާ ދީފައިވެއެވެ.

މިއަދު ހަވީރު ބައްދަލުކުރާނީ ފިރިހެން ޑިވިޒަންގެ ފައިނަލްމެޗްގައި ދިގުވާނޑު އަފުން ޓީމާއި މާދަޑު ފިސްޑާއެވެ. މެޗް ފެށުމަށްހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ. މިމެޗްވެސް ޓީވީއެމް އިން ލައިވް ކުރާގޮތަށް ހަމަޖެހިފައިވެއެވެ. މާދަޑު ފިސްޑާ ފައިނަލަށް ދިޔައީ ސެމީގެ ތިން ވަނަ މެޗްގައި ދަޑިމަގު އެކުވެރިންގެ މައްޗަށް ކުރިހޯދައިގެންނެވެ. ދިގުވާނޑު އަފުން ޓީމް ފައިނަލަށް ދިޔައީ ގުރޫޕް 1ގެ ގޮތުގައި ސެމީފައިނަލްގައި މާދަޑު ފިސްޑާގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !