24 ޖުލައި 2019 ( ބުދަ )

އައްޕި އިންޓަރ ސްކޫލް މުބާރާތެއްގައި ވާދަކުރަނީ

އައްޕި އިތުރު ތަމްރީނަށް އިންޑިޔާއަށް

ފުވައްމުލަކަށް ނިސްބަތްވާ ބާރުދުވުންތެރިޔާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އިތުރު ތަމްރީނަށް އިންޑިޔާއަށް ފުރައިފިއެވެ.

އިންޑިޔާގެ ރަންޗީގައި ތަމްރީން ހަދަމުންދާނީ އައްޕިގެ އތުރުން އިންޑިޔާ ކަނޑުގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިރު އާއި އެކުއެވެ. ސައުޔު އޭޝިއަން ގޭމްސް އަންނަ ޖެނުއަރީ 10 ގައި ފެށުމަށް ހަމަޖެހިފައިވާތީވެ އެދުވަހާއި ހަމަޔަށް ތަމްރީންތައް ކުރިއަށް ގެންދާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނާއި ހަވާލަދީ ހަވީރު އޮންލައިން އިން ބުނެފައިވެއެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލުކުރަމުންދާ އުމުރުން 16އަހަރުގެ ދަރިވަރު އިބްރާހިމް އަޝްފާނު އަލީ، ޔޫތު ލެވެލްގެ 200 އަދި 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑްވެސް މުގުރާލައިފިއެވެ. 200 އަދި 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑް އަޝްފާނު މުގުރާލައިފައިވަނީ ސަމޯއާގައި ކުރިއަށްދިޔަ ކޮމަންވެލްތް ގޭމްސްގައެވެ.


ކިޔުންތެރިންގެ ޚިޔާލު