A wide advertisement which will be shown on all devices. (700 x 100)

ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން ފިސްޑާއަށް

މުބާރާތުގެ ޗެމްޕިއަންޓީމް ފިސްޑާ

ފްރީގައިޒް ވޮލީ ބޯލް ޓޯނަމެންޓްގައި މިއަދު ހަވީރު ކުޅުނު ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން މާދަޑު ފިސްޑާ ހޯދައިފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފިސްޑާ ހޯދީ ދިގުވާނޑު އަފުން ޓީމާއި ބައްދަލުކޮށް 3-2 އިންނެވެ. މިއަދު ކުޅުނު ފައިނަލްމެޗްގެ ފުރަތަމަ ސެޓް ފިސްޑާ ގެންދިޔައީ 18-25 އިންނެވެ. ދެވަނަ ސެޓްވެސް 26-24 އިން ގެންދިޔައި ފިސްޑާއިންނެވެ. ނަމަވެސް ތިންވަނަ ސެޓް އަފުން ޓީމް ހޯދީ 24-26 އިންނެވެ. ހަތަރުވަނަ ސެޓްވެސް ވަރަށް ވާދަވެރިކަމާއި އެކު އަފުން ޓީމް ގެންދިޔައީ 23-25 އިންނެވެ. ނަތީޖާނެރުމަށް ކުޅުނު ފަސްވަނަ ސެޓް 9-15 އިން ހޯދައިގެން ޗެމްޕިއަންކަން ހޯދީ ފިސްޑާއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ މާދަޑު ފިސްޑާގެ ގައުމީޓީމްގެ ކުޅުންތެރިޔާ މުހައްމަދު ޝާއިން (ޝާއިންޓޭ) އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ މާދަޑު ފިސްޑާގެ މުހައްމަދު ޝާއިން (ޝާއިންޓޭ) ، ދިގުވާނޑު އަފުން ޓީމްގެ އިޝާން މުހައްމަދު (ބަޓިޝް)، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އެޓީމްގެ ޖުނައިދުގެ އިތުރުން ދަޑިމަގު އެކުވެރިން ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ސަމީރު އާއި އަހްސަންއެވެ. ފެއަރޕްލޭ ޓީމަކީ ދަޑިމަގު އެކުވެރިންނެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް 40000.00 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20000.00 ރުފިޔާ ދީފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މެޑަލް އާއި ފައިސާގެ އިނާމްގެ އިތުރުން ހަނދާނީ ލިޔުއްދެއްވީ އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ފްރީގައިޒް ހޯލްޑިންގ ގެ ޑިރެކްޓަރ މުހައްމަދު އިބާދުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !