18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

ވޮލީ މުބާރާތުގެ ފައިނަލަށް ދިޔަ ދެ ޓީމް. ފޮޓޯ: ރެޑްބުލް

ރެޑްބުލް ވިނިންގ 5 މުބާރާތުގެ ޗެމްޕިއަންކަން އަރާކެޓީފޭބީ ހޯދައިފި

ރެޑްބުލް އިން އިންތިޒާމްކޮށްގެން ބާއްވާ “ރެޑްބުލް ވިނިންގ 5” މުބާރާތުގެ ފުވައްމުލަކު ޗެމްޕިއަންކަން އަރާކެޓީފޭބީ ޓީމް ހޯދައިފިއެވެ.

އިއްޔެ މެންދުރު ފެށި މުބާރާތުގެ ފައިނަލްގައި ރޭ ކުޅުނު މެޗް އަރާކެޓީފޭބީ ޓީމް ކާމިޔާބުކުރީ އެފްސީ ޖޯކަރސް އާއި ބައްދަލުކޮށްގެންނެވެ. އަރާކެޓީ ފޭބީ ޓީމްގައި ހިމެނެނީ އަބްދޫﷲ ރަޝީދު (ޕެލޭ)، އަލީފް، ޒައިން، އިއްސޭ އަދި ކޭކް އެވެ.  24 ޓީމް ބައިވެރިވި މިމުބާރާތް ފައްޓާފައިވަނީ އިއްޔެ މެންދުރުއެވެ. މުބާރާތުގެ ފުވައްމުލަކު ފައިނަލްގައި ބައްދަލުކުރީ އަރާކެޓީފޭބީ ޓީމް އާއި އެފްސީ ޖޯކަރސް ވަނީ މާލޭގައި ބާއްވާ ފައިނަލް ބުރަށް ހޮވިފައެވެ.

ފައިނަލް ބުރުގައި ރާއްޖޭގެ އަތޮޅުޔ ތަކުގެ ޗެމްޕިއަން އާއި ރަނަރަޕް ކުޅެ ޗެމްޕިއަންކަން ހޯދާ ޓީމެއް ބްރެޒިލްގެ ސަންތޯޝްއަށް ދިޔުމަށް ފުރުސަތު ލިބޭނެއެވެ. އެއީ ބްރެޒިލްގެ ތަރި ނޭމާވެސް ނިސްބަތްވާ ސަރަހައްދެއެވެ.

މިދިޔަ އަހަރުވެސް ފުވައްމުލަކުގައި ރެޑްބުލްގެ ފަރާތުން ވިނިންގ 5 މުބާރާތެއް ބާއްވާފައިވެއެވެ. މިމުބާރާތުގައި ޓީމެއްގައި ހިމެނެނީ ފަސް ކުޅުންތެރިންނެވެ. އަދި ގޯލެއް ކާމިޔާބުކުރުމުން އިދިކޮޅު ޓީމުން ކުޅުންތެރިޔަކު ފައިބާންޖެހެއެވެ. މެޗްގެ ދިގުމިނަކީ 10 މިނެޓެވެ. 10 މިނިޓް ހަމަވާއިރު އެއްވަރު ވެއްޖެނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ. މުބާރާތުގެ އެހެން ހުރިހާ ކަމެއް ކުރިއަށްގެންދަނީ ފުޓްސަލް ގައިވައިދުގެ ދަށުންނެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު