17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހާފް ބްލެކް ޓީމް

އަފުން މުބާރާތުގެ ޗެމްޕިއަންކަން ހާފްބްލެކް ހޯދައިފި

ފުވައްމުލަކުގައި ބޭއްވި އަގުބޮޑު “އަފުން މުބާރާތުގެ ޗެމްޕިއަންކަން” ހާފް ބްލެކް ޓީމް ހޯދައިފިއެވެ.

އިއްޔެ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗް ހާފް ބްލެކް ކާމިޔާބުކުރީ ސްޓަރސް އާއި ބައްދަލުކޮށް 1-0 އިންނެވެ. ދެ ޓީމްގެ މެދުގައި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗްގައި ފެނުނު ހަމައެކަނި ގޯލް ހާފް ބްލެކް އިން ކާމިޔާބުކޮށްފައިވަނީ ފަހު ހާފްގައެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަންޓީމަށް ތައްޓާއި ރަމްޒީ ޗެކް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ދީފައިވަނީ 30000 ރުފިޔާ އެވެ. މިއީ ފުވައްމުލަކު ޒުވާނުންތަކެއް އިންތިޒާމްކުރި މުބާރާތެކެވެ.

މުބާރާތް އިންތިޒާމްކުރާ ކޮމެޓީގެ އޮފިޝަލަކު ބުނިގޮތުގައި މިއީ ވަކި އަވަށަކަށް ނިސްބަތްވާ ގޮތައް ޓީމްތައް ބައިވެރިވެފައިވާ މުބާރާތެއް ނޫން ކަމަށާއި މުބާރާތުގައި ޓީމްތަކަށް ކުޅޭނީ މުޅި ފުވައްމުލަކުން ހޮވާލެވޭ ކުޅުންތެރިންތަކެއް ކަމަށެވެ

banner

ކިޔުންތެރިންގެ ޚިޔާލު