24 އޭޕްރީލް 2019 ( ބުދަ )

banner

ފުވައްމުލަކުގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި މެޗެއް ކުރިއަށްދަނީ. ފައިލް ފޮޓޯ

އަތޮޅު ކައުންސިލުން ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ފުޓްބޯޅަ މުބާރާތެއް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ސްޕޯޓްސް ކައުންސިލުން ފުވައްމުލަކު ޒުވާނުންނަށް އަމާޒުކޮށްގެން 15 ޑިސެމްބަރ 2015 ގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

“މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުންނާއި ކުލަބް ޖަމްމިއްޔާ ޖަމާއަތްތަކުން 3 ޑިސެމްބަރ 2015 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެން, އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަތޮޅު ކައުންސިލުން ލިބެން ހުންނާނެ” އަތޮޅު ކައުންސިލްގެ އިއުލާންގައި ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްގެ ނާއިބް ރައީސް ހުސައިން ޝާފީ ވިދާޅުވީ ކައުންސިލުން ބާއްވާ ފުޓްބޯޅަ މުބާރާތުގެ ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު ތިން ކުޅުންތެރިންނަށް ކުޅެވޭނެ ކަމަށެވެ. އަދި 21 އަހަރުން ދަށުގެ ތިން ކުޅުންތެރިން ޓީމްލިސްޓްގައި ހިމަނައި އަބަދުވެސް ދަނޑުމަތީގައި 21 އަހަރުން ދަށުގެ ދެ ކުޅުންތެރިން ކުޅެންޖެހޭނެކަމަށެވެ.

ޝާފީ އިތުރަށް ވިދާޅުވީ ފުޓްބޯޅަ މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފަރާތްތަކުން އެކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިޔުމަށެވެ. އަދި މުބާރާތް ކުޅޭނީ ފުވައްމުލަކު ސްޓޭޑިއަމްގައި ކަމަށެވެ.

އަތޮޅު ކައުންސިލުން ދާދި ފަހުން ފޯރިގަދަ އަގުބޮޑު ވޮލީ މުބާރާތެއްވެސް ބާއްވާފައިވެއެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު