24 މާރިޗު 2019 ( އާދީއްތަ )

banner

އައިބޭ ކަޕްގެ ކުޅުން ދަޑިމަގު ފުޓްސަލް ދަނޑުގަިއ ކުރިޔަށް ދަނީ. ފޮޓޯ: އައިބޭ ޕޭޖް

އައިބޭ ކަޕް U17 ގެ ސެމީފައިނަލް މެޗްތައް މާދަމާ

މިހާރު ދަޑިމަގު ފުޓްސަލް ދަނޑުގައި ކުރިޔަށްދާ އައިބޭ ކަޕް 17 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗްތައް މިއަދު ނިމުނު އިރު ސެމީ ފައިނަލަށް ހޮވިފައި ވަނީ ދޫނޑިގަމު ދެޓީމާއި މިސްކިތްމަގު ޓީމަކާއި ދަޑިމަގު ޓީމެކެވެ.

ގްރޫޕް އޭ ގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން 9 ޕޮއިންޓާއެކު 1 ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިޔައީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމެވެ. އެ ޓީމު ސެމީ ފައިނަލުގައި މާދަމާ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމު ކަމުގައިވާ ދޫނޑިގަލޯނާ ޖޫނިއަރ ޓީމާއެވެ. 

ގްރޫޕް ބީން ކުޅުނު ދެމެޗުން މޮޅުވެގެން 6 ޕޮއިންޓާއެކު 1 ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ގޮސްފައި ވަނީ ދަޑިމަގު އަވަށަށް ނިސްބަތްވާ ކައިށިމުޑޭށި ޓީމެވެ. އެޓީމު ސެމީގެ ދެވަނަ މެޗުގައި މާދަމާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދޫނޑިގަލޯނާ ޓީމާއެވެ.

މުބާރާތުގައި މުޅިން ވެސް ބޭނުން ކުރަމުން ދަނީ އެފް އޭއެމްގެ ރެފްރީ ފާސް ލިބިފައިވާ ރަށުގެ ރެފުރީން ނެވެ.

މިމުބާރާތުގެ ކުޅުން ވަރަށް އޮމާންކަމާއެކު ބެލުންތެރިންގެ ވަރަށް ފުރިހަމަ ސަޕޯޓާއެކު ކުރިޔަށް ދާކަމަށް އިންތިޒާމުކުރާ އިސް އޮފިޝަލެއް ކަމަށްވާ އިޔާޒު މިކަލް ނޫހަށް މައުލޫމާތު ދެމުން ބުންޏެވެ. 

މުބާރާތުގެ 7 ވަނަ މެޗުގައި ޝާކް ހެޑް އާއި ކައިށިމުޑޭށި ބައްދަލުކުރި މެޗު 4-12 އިން ކާމިޔާބު ކުރީ ކައިށިމުޑޭށި ޓީމެވެ. އެމެޗުގެ މޮޅު ކުޅުންތެރިއަކީ ދޫނޑިގަލޯނާ ޓީމުގެ އަޖުޒަލް އެވެ.

މުބާރާތުގެ 8 ވަނަ މެޗުގައި ދޫނޑިގަލޯނާ މޮޅުވީ 7-6 ން “އޭއި” ޓީމުގެ މައްޗަށެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ކައިޑިމުޑޭށި ޓީމުގެ ޝިމާޢުއެވެ.

ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި މިއަދު ބައްދަލުކުރީ މިސްކިތްމަގު އ.ގ ޓީމާއި ޝާކް ހެޑް ޓީމެވެ. މިމެޗް ކާމިޔާބުކުރީ މިސްކިތްމަގު އ.ގ އިން ނެވެ.

މުބާރާތުގައި މިހާތަނަށް ވަނީ 11 ރީނދޫކާޑު ދައްކާފައެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިއަކަށް ހުށަހަޅާފައިވާ ރަން ބޫޓަށް ވާދަކުރަނީ 8 ގޯލު ޖަހައިގެން ކައިށިމުޑޭށި ޓީމުގެ އަޖްޒަލް އާއި 7 ގޯލު ޖަހައިގެން ދޫނޑިގަލޯނާ ޓީމުގެ ޝިމާއު އަދި ދޫނޑިގަލޯނާ ޖޫނިއަރ ޓީމުގެ ހަނާދުގެ ކައިށިމުޑޭށި ޓީމުގެ ނުއައިމު އާއި މިސްކިތްމަގު އ.ގ ޓީމުން  ޝިއާޢު އާއި ނިހާން އެވެ.

މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗް ފަށާނީ މާދަމާ ހަވީރު 3.30 ގައެވެ. އަދި ދެވަނަ މެޗު 4.30ގައެވެ. ފައިނަލް ދެމެޗު ކުޅޭނީ 5 ޑިސެމްބަރުގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު