20 ޖުލައި 2019 ( ހޮނިހިރު )

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމު ކުރާ ކުޅިވަރު ހަރަކާތްތަކަށް ސްޕޮންސަރުން ހޯދަނީ

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން މިއަހަރު ހިންގުމަށް ރޭވިފައިވާ ކުޅިވަރު ހަރަކާތްތަކަށް ސްޕޮންސަރުން ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު އެއިދާރާއިން ސްޕޮންސާރ ކުރުމަށް ހުޅުވާލި ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި އަންނަ މާޗު މަހު ބޭއްވުމަށް ނިންމާފައިވާ ޖޫނިއާރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އިތުރުން 9 ކުޅިވަރު ހަރަކާތެއް ހިމެނެއެވެ.

މި ކުޅިވަރު ހަރަކާތްތައް ސްޕޮންސާރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް އެއިދާރާގެ އެސިސްޓެންޓް ޑިރެކްޓާރ އަހުމަދު ޖަވާދަށް ގުޅުއްވުމަށް އެއިދާރާއިން އެދިލައްވައެވެ.



ކިޔުންތެރިންގެ ޚިޔާލު