A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލްގެ ފުޓުބޯޅަ މުބާރާތް މާދަމާ ފަށަނީ

ފުވައްމުލަކު ރަސްމީ ދަނޑުގައި ޒުވާން ކުދިން ފުޓުބޯޅަ ކުޅޭނީ. 2014ގައި.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ސްޕޯރޓްސް ކޮމެޓީން އިންތިޒާމު ކުރާ އަތޮޅު ފުޓުބޯޅަ މުބާރާތް މާދަމާ ފުވައްމުލަކު ސްޓޭޑިއަމްގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަޑިމަގު އެކުވެރިންގެ ޓީމާއި ފިސްޑާ ނިއު މާދަޑުގެ ޓީމެވެ.

މިމުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ 4 ޓީމެވެ. އެއީ މާދަމާގެ މެޗުގައި ބައްދަލުކުރާ ދެޓީމުގެ އިތުރުން އެފްސީ ދަޑިމަގު ޓީމާއި ހޯދަޑު ޝާކް ހެޑް ޓީމެވެ. މުބާރާތުގެ މެޗުތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 15 އިން 22 ޑިސެމްބަރަށެވެ. ހުރިހާ މެޗެއްގެ ކުޅުން ވެސް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:15 ގައިއެވެ.

 މިމުބަރާތުގައި ކުޅެވެނީ ޕޮއިންޓް ސިސްޓަމަށް ކޮންމެ ޓީމެއް އަނެއް 3 ޓީމާއި ބައްދަލުކުރާ ގޮތަށެވެ. އަދި ފައިނަލަށް ހޮވޭނީ ގްރޫޕް ސްޓޭޖުގައި އެންމެ މޮޅު ދެޓީމެވެ. ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ 22 ޑިސެމްބަރު ވާ އަންގާރަ ދުވަހު ހަވީރު އެވެ.

މިމުބާރާތުގެ ޗެމްޕއިން ޓީމަށާއި ރަނަރަޕް އަދި ފެއަރ ޕްލޭޓީމު ހޮވާ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުންތެރިޔާ، 21 އަހަރުން ދަށުގެ އެންމެ މޮޅުކުންތެރިޔާ، އެންމެ މޮޅު ގޯލް ކީޕަރު، ފެއަރ ޕްލޭ ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !