22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ދަޑިމަގު އެފްސީ އަދި ދަޑިމަގު އެކުވެރިން ބައްދަލުކުރި މެޗް. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

އަތޮޅު ކައުންސިލްގެ ފުޓްބޯޅަ މުބާރާތް: ފިސްޑާ އަދި ދަޑިމަގު އެފްސީ ފައިނަލަށް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓް ބޯޅަ މުބާރާތުގެ ފައިނަލަށް ފިސްޑާ ނިއު މާދަޑު އަދި ދަޑިމަގު އެފްސީ ހޮވިއްޖެއެވެ.

މިއަދު ހަވީރު ކުޅުނު މެޗްގައި ބައްދަކުރީ ފިސްޑާ ނިއު މާދަޑު އާއި ހޯދަޑު ޝާކް ހެޑް އެވެ. މިއަދުގެ މެޗް ފަސޭހަ ކަމާއި އެކު ކާމިޔާބުކުރީ ފިސްޑާއެވެ. މިއަދުގެ މެޗާއި އެކު ފިސްޑާ ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށްފައިވެއެވެ. ފިސްޑާ ފައިނަލް ކަށަވަރުކުރީ ބާކީ އެއްމެޗް ނުކުޅެއެވެ.

ދަޑިމަގު އެފްސީ ފައިނަލް ކަށަވަރުކޮށްފައިވަނީ އިއްޔެ ކުޅުނު މެޗް  ދަޑިމަގު އެކުވެރިންގެ ޓީމާއި ބައްދަލުކޮށް ތަފާތު ބޮޑުކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. ދަޑިމަގު އެފްސީ ފައިނަލް ކަށަވަރު ކުރީ ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށްގެންނެވެ. ދަޑިމަގު އެފްސީ ވެސް އަދި ބާކީ އެއްމެޗް ނުކުޅެ ފައިނަލް ކަށަވަރު ކޮށްފައިވެއެވެ.

ހަތަރު ޓީމް ބައިވެރިވެފައިވާ މިމުބާރާތުގައި މާދަމާ ބައްދަލުކުރާނީ ހޯދަޑު ޝާކް ހެޑް އާއި ދަޑިމަގު އެކުވެރިންނެވެ. ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ 22 ޑިސެމްބަރު ވާ އަންގާރަ ދުވަހު ހަވީރު އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ހަމަޖެހިފައިވެއެވެ. އަދި ފެއަރ ޕްލޭޓީމާއި އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ އެންމެ މޮޅުކުންތެރިޔާ އާއި އެންމެ މޮޅު ގޯލް ކީޕަރު އާއި ފެއަރ ޕްލޭ ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ރަށުން ބޭރު ތިން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބެއެވެ. އަދި 21 އަހަރުން ދަށުގެ ތިންކުޅުންތެރިންވެސް ޓީމްގައި ހިމަނަން ޖެހެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު