18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

މުބާރާތުގެ ޗެމްޕިއަންޓީމް ދަޑިމަގު އެފްސީ އަށް ތަށި ހަވާލުކޮށްދެއްވަނީ. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

އަތޮޅު ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގަށް

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި އަތޮޅު ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގު އެފްސީ ހޯދައިފިއެވެ.

އިއްޔެ ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗް ދަޑިމަގު އެފްސީ ކާމިޔާބު ކުރީ ފިސްޑާ ނިއުމާދަޑާއި ބައްދަލުކޮށް 8-6 އިންނެވެ. ދަޑިމަގު އެފްސީ އިން މެޗްގެ ވަރަށް ކުރީކޮޅު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށްފައިވެއެވެ. ނަމަވެސް މެޗްގެ 90 މިނިޓް ހަމަވިއިރު ދެ ޓީމް އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ދަޑިމަގު އެފްސީގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު ފިސްޑާގެ ދެ ޕަނަލްޓީ ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ފައިނަލް މެޗަށްފަހު ޗެމްޕިއަންޓީމަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހްމާން އަތޮޅު ކައުންސިލްގެ މެމްބަރ ހުސައިން ސައީދުއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ފިސްޑާއެވެ. ޗެމްޕިއަންޓީމަށް ދިހަ ހާސް އަދި ރަނަރަޕް ޓީމަށް ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު