A wide advertisement which will be shown on all devices. (700 x 100)

ކްރިކެޓްގެ ގިނަ އެވޯޑްތަކެއް ފުވައްމުލަކަށް

އެންމެ މޮޅު އަންހެން ކުރިކެޓް ކުޅުންތެރިޔާގެ މަގާމު ހޯދި އައިޝަތު އައިމާ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އަލަށް ހޮވި އެންމެ މޮޅު އަންހެން ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ އައިޝަތު އައިމާ ހޯދައިފިއެވެ. މިއިނާމު ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އައިމާގެ އިތުރުން ފުވައްމުލަކު ކްރިކެޓް ކުޅުންތެރިންވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުނު ކްރިކެޓުގެ އަހަރީ ހަފުލާގައި ގިނަ އެވޯޑްތަކެއް ހޯދައިފައެވެ. އެންމެ މޮޅު އަންހެން ކުރިކެޓު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު އަންހެން އުކުންތެރިޔާގެ (ބޯލާ) މަގާމާއި ސްކޫލްތަކުގެ އަންހެން އެންމެ މޮޅު 5 ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމު ހާސިލުކުރަމުންދާ އައިޝަތު އައިމާ ހިމެނެއެވެ. އައިޝަތު އައިމާގެ އިތުރުން ސްކޫލްތަކުގެ އަންހެން އެންމެ މޮޅު 5 ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ފުވައްމުލަކު ސުކޫލުގެ އައިޝަތު ނަޙޫވެސް ހިމެނުނެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ފިރިހެން އެންމެ މޮޅު 5 ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ފުވައްމުލަކު 3 ކުޅުންތެރިއަކު ހިމެނުނެވެ. އެއީ، އަހުމަދު ޒާދާއި މުހައްމަދު ޖޫޝާނާއި އަލީ ޔާނީއެވެ. އަދި އަތޮޅުތެރޭގެ އަންހެން އެންމެ މޮޅު 5 ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ފުވައްމުލަކު 3 ކުޅުންތެރިއަކު ހިމެނުނެވެ. އެއީ، މަރިޔަމް ޒޫނާ މުހައްމަދާއި އައިޝަތު ހަނީފާއާއި ފާތުމަތު އަނާލެވެ.

ސުކޫލުތަކުގެ 16 އަހަރުން ދަށުގެ ފިރިހެން އެންމެމޮޅު 5 ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ ޔާނިއު ހޮވުނު އިރު، ސުކޫލުތަކުގެ 14 އަހަރުން ދަށުގެ ފިރިހެން އެންމެމޮޅު 5 ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހާފިޒު އަހުމަދު ސުކޫލުގެ އަހުމަދު ޒާދާއި އިބްރާހިމް މަބްސަރު ހޮވުނެވެ. މީގެ އިތުރުން ކްރިކެޓް ޑެވެލޮޕްމަންޓް އެވޯޑްވެސް ލިބުނީ ފުވައްމުލަކަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !