A wide advertisement which will be shown on all devices. (700 x 100)

މެސީ ބެލޮންޑިއޯ އެވޯޑް ފަސްވަނަ ފަހަރަށް ހޯދައިފި

މެސީ ބެލޮންޑިއޯ އެވޯޑާއިއެކު، ފޮޓޯ: ފީފާ ވެބްސައިޓް

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ލިއޮނަލް މެސީ ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ނުވަތަ ބެލޮންޑިއޯ އެވޯޑް ފަސް ވަނަ ފަހަރަށް ހޯދައިފިއެވެ.

“މީގެ ކުރިން އޯޑިއަންސްގައި ކްރިސްޓިއާނޯ އެވޯޑް ގެންދާތަން ބަލަން ހުރުމަށްފަހު، އަލުން މިސްޓޭޖަށް މިއެރުނު ވަގުތު ކޮޅަކީ އަޅުގަނޑަށް ވަރަށް މުހިންމު ވަގުތުކޮޅެއް” އެވޯޑާއި ހަވާލު ވުމަށްފަހު މެސީ ބުންނެވެ. 

މިސީޒަނުގައި އިންޖަރީގައި ދުވަސްތަކެއް ހޭދަކުރި ނަމަވެސް، މެސީ ވަނީ ބާސެލޯނާ އާއިއެކު މިއަހަރު ފަސް ތަށި ހޯދާފައެވެ. އޭގެތެރޭގައި ޔޫރަޕިއަން ޗެމްޕިއަސް ލީގު ވެސް ހިމެނެއެވެ.

ފާއިތުވީ ދެ އަހަރުވެސް އެމަގާމަށް މެސީ ވާދަކުރި ނަމަވެސް މެސީ ފަހަތަށް ޖައްސާލުމަށްފަހު އެއެވޯޑް ހޯދާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ވާދަވެރި މިދެކުޅުންތެރިން ނޫން ކުޅުންތެރިއަކަށް މިއެވޯޑް ފާއިތުވީ ހަތް އަހަރުތެރޭ ލިބިފައެއް ނުވެއެވެ. މެސީ ފަސް ފަހަރު މިއެވޯޑް ހޯދިއިރު ރޮނާލްޑޯ މިއެވޯޑް ތިން ފަހަރު ހޯދާފައިވެއެވެ. 

މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ވެސް ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !