A wide advertisement which will be shown on all devices. (700 x 100)

ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ދިވެހި ކަސްރަތު ޓީމުގައި އައްޕި ހިމެނިއްޖެ

ސައުތު ގޭމްސްގައި ވާދަކުރުމަށް އެކުލަވާލި ދުވުންތެރިން، ފޮޓޯ؛ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފޭސްބުކު ޕޭޖް

މިއަހަރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ރާއްޖޭގެ ކަސްރަތު ޓީމުގައި ފުވައްމުލަކަށް ނިސްބަތްވާ ޒުވާން ދުވުންތެރިޔާ އިބްރާހިމް އަޝްފާން އަލީ (އައްޕި) ހިމެނިއްޖެއެވެ. މިދިޔަ ހޮނިހިރު ދުވަހު އެތްލެޓިކްސް އެސޯސިއޭޝަނުން އާންމު ކުރި ލިސްޓްގައި އަޝްފާނުގެ އިތުރުން ހަތް ދުވުން ތެރިއަކާއި ދެކޯޗާއި ޓީމް ލީޑަރެއް ހިމެނެއެވެ.

އިބްރާހިމް އަޝްފާނު އަލީ، 200 މީޓަރާއި 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑް ވަނީ މިދިޔަ އަހަރު ސަމޯއާގައި އޮތް ކޮމަންވެލްތު ގޭމްސްގައި މުގުރާލައިފައެވެ. 

 ރާއްޖޭން މި ފަހަރު ވާދަކުރަނީ ޝޯޓް ޑިސްޓެންސް ދެ ކެޓަގަރީ ކަމަށްވާ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ އިތުރުން 400 މީޓަރު ދުވުމާއި 800 މީޓަރު ދުވުމުގަ އެވެ. މީގެ އިތުރުން ހަތަރެއް ގުނަ 100 މީޓަރު ރިލޭ އާއި ހަތަރެއް ގުނަ 400 މީޓަރު ރިލޭގައި ވެސް ވާދަކުރާނެ އެވެ.

އަމާޒަކީ ރަން އަދި ރިހި މެޑަލާ އެކު ކުރިއަށް ވުރެ ބޮޑު ކާމިޔާބެއް ހޯދުން ކަމަށާއި ހާއްސަކޮށް 100 އަދި 200 މީޓަރު ދުވުމާއި ހަތަރެއް ގުނަ 100 މީޓަރު ދުވުމުން މެޑަލަށް ވަރަށް ބޮޑަށް އުއްމީދުކުރެވޭ ކަމަށް މޯލްޑ އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ތޮލާލް ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !