25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

އެތުލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހޭޒްގެ ޓީމު

އެތުލެތުލެޓިކްސް މުބާރާތުގެ މިފަހަރު އެންމެ ކާމިޔާބީ ހޭޒްގެ ޓީމް

މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2019 އިއްޔެ ނިމިގެން ދިޔައިރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ފުވައްމުލައް ސިޓީގެ ހާފިޒު އަހުމަދު ސްކޫލް(ހޭޒް)ގެ ޓީމްތަކެވެ.

މުބާރާތުގެ ޖުމްލަ ޕޮއިންޓް ތަކަށް ބަލާއިރު ހޭޒްއަށް މުޅި މުބާރާތުގެ 1 ވަނަ ލިބެނީ 530 ޕޮއިންޓާއެކުއެވެ. އައްޑޫ ޝަރަފުއްދީން ސްކޫލަށް 2 ވަނަ ލިބެނީ 440 ޕޮއިންޓާއެކު އެވެ އަދި މުޅި މުބާރާތުގެ 3 ވަނަ ޏ.އޭއީސީ އަށް ލިބެނީ 425.5 ޕޮންޓާއެކު އެވެ. ހަތަރުވަނަ  ލިބެނީ ރައުހަތު ސްޕޯރޓްސް އަށެވެ.

ހޭޒްގެ ޓީމުން 13 އަހަރުން ދަށުގެ ކެޓަގަރީގެ 2 ބައިވެސް ވެސް 1 ވަނަ ހޯދި

އެކާވީސް ސްކޫލަކުން ވާދަކުރި މިމުބާރާތުގައި ހޭޒްގެ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޓީމުން ވަނީ މިފަހަރުގެ މުބާރާތުގައި ސްކޫލް ޓީމުތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ހޯދާފައެވެ. އެގޮތުން އެޓީމުން ވަނީ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިން އެއްވަން ހޯދާފައެވެ. އަދި 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 2 ވަނަ ހޯދާފައި ވެއެވެ.

ހޭޒްގެ 13 އަހަރުން ދަށުގެ އަންހެން ޓީމުން އެ ކެޓަގެރީން 1 ވަނަ ހޯދި

ހޭޒްގެ 13 އަހަރުން ދަށުގެ ދެ ޓީމުން ޓީމުން ވެސް އެއްވަނަ ހޯދިއިރު، ފިރިހެން ކުދިންގެ ޓީމުން ވަނީ 173 ޕޮއިންޓް ހޯދާފައެވެ. އެޓީމުގެ ފަހަތުން 2 ވަނަ ހޯދި މުހައްމަދު ޖަމާލުއްދީން ސްކޫލް( އެމްޖެއެސް) ގެ ޓީީމަށް ލިބިފައި ވަނީ 92.5 ޕޮއިންޓެވެ. އަދި މިބައިން 3 ވަނއަށް ދިޔަ ލ. އަތޮޅު ސްކޫލް ޓީމާއި މަރަދޫ ސްކޫލް ޓީމަށް ލިބިފައި ވަނީ ލިބިފައި ވަނީ 47 ޕޮއިންޓެވެ.

ހޭޒްގެ 13 އަހަރުން ދަށުގެ އަންހެން ޓީމު އެއްވަނަ ހޯދީ ވެސް އެމްޖޭއެސްގެ ޓީމާއި ވާދަކޮށް 134.5 ޕޮއިންޓް ހޯދައިގެންނެވެ. އެމްޖެއެސްއަށް 2 ވަނަ ލިބުނީ 103 ން އައްޑޫ ޝަރަފުއްދީން ސްކޫލަށް ވުރެ 2 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިބައިން ފުވައްމުލަކު ސްކޫލް 4 ވަނައަށް ދިޔައީ 65.5 ޕޮއިންޓުން ހޯދައިގެން ނެވެ. 13 އަހަރުން ދަށުގެ ބައިގައި 14 ސްކޫލަކުން ޓީމުތައް ވާދަކުރިއެވެ.

ހޭޒްގެ އޮފިޝަލުން

އެހެން އުމުރު ފުރާތަކުގެ ވަންތައް

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައި

1 ވަނަ: ރައުހަތު ސްޕޯރޓްސް – 104 ޕޮއިންޓް

2 ވަނަ: ކީސްޕޯރޓސް އެކަޑެމީ – 86 ޕޮއިންޓް

3 ވަނަ: މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – 64 ޕޮއިންޓް

މިބައިން ޏ. އަތޮލު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) 4 ވަނަ އަށް ދިޔައީ 63.5 ޕޮއިންޓުންނެވެ.

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައި

1 ވަނަ: ޝަރަފުއްދީން ސްކޫލް (އައްޑޫ) – 129 ޕޮއިންޓް

2 ވަނަ: ޏ. އަތޮލު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) – 71 ޕޮއިންޓް

3 ވަނަ: ޓްރެކް އެންޑް ފިލްޑް އެސޯސިއޭޝަން – 66 ޕޮއިންޓް

 

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައި

1 ވަނަ: ޏ. އަތޮލު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) – 127 ޕޮއިންޓް

2 ވަނަ: ރައުހަތު ސްޕޯރޓްސް – 103 ޕޮއިންޓް

3 ވަނަ: ޝަރަފުއްދީން ސްކޫލް (އައްޑޫ) – 47 ޕޮއިންޓް

މިއީ މިމުބާރާތުގައި އެންމެ ގިނަ ޓީމު ވާދަކުރި ބައެވެ. މިބައިގައި 19 ޓީމަކުން ބައިވެރިވެފައި ވެއެވެ.

15 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައި

1 ވަނަ: ޝަރަފުއްދީން ސްކޫލް (އައްޑޫ) – 121 ޕޮއިންޓް

2 ވަނަ: ހާފިޒު އަހުމަދު ސްކޫލު(ހޭޒް)  – 117 ޕޮއިންޓް

3 ވަނަ: ޏ. އަތޮލު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) – 91 ޕޮއިންޓް

މިބައިން ފުވައްމުލަކު ސްކޫލް 5 ވަނައަށް ދިޔައީ 46 ޕޮއިންޓާއެކު އެވެ.

މިބައިގައި ބައިވެރިވެފައި ވަނީ 10 ޓީމެވެ.

 

19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައި

1 ވަނަ: ރައުހަތު ސްޕޯރޓްސް – 193 ޕޮއިންޓް

2 ވަނަ: އައްޑޫ ހައިސްކޫލް – 139 ޕޮއިންޓް

3 ވަނަ: ޓްރެކް އެންޑް ފިލްޑް އެސޯސިއޭޝަން – 41 ޕޮއިންޓް

މިބައިން ޏ.އޭއީސީ 4 ވަނައަށް ދިޔައީ 37 ޕޮއިންޓާއެކުއެވެ.

19 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައި

1 ވަނަ: އައްޑޫ ހައި ސްކޫލް – 126 ޕޮއިންޓް

2 ވަނަ: ޖީއެން ވޮލަންޓިއަރސް  – 74 ޕޮއިންޓް

3 ވަނަ: ރައުހަތު ސްޕޯރޓްސް – 30 ޕޮއިންޓް

މިބައިގައި ބައިވެރިވެފައި ވަނީ 4 ޓީމެވެ.

ހޭޒްގެ ޓީމު- އެތުލެޓިސް މުބާރާތުގައި ރަންވަނަ ތަކެއް ހޮދި.

banner


ކިޔުންތެރިންގެ ޚިޔާލު