18 އޯގަސްޓް 2019 ( އާދީއްތަ )

އަތޮޅު މުބާރާތުގެ ފުރަތަމަ މެޗް ބޮޑު ތަފާތަކުން ދޫނޑިގަމަށް

އަތޮޅު މުބާރާތުގެ ގުރޫޕް އޭގެ ފުރަތަމަ މެޗް ދޫނޑިގަމް އަވަށަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކުލަބް ބޮޑު ތަފާތަކުން 7-0 ލަނޑުން ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މުބާރާތުގެ ފުރަތަމަ މެޗް ފުވައްމުލަކު ސްޕޯޓްސް ކުލަބް ބޮޑު ތަފާތަކުން ކާމިޔާބުކުރީ މާލެގަމް ޔޫތު ފައުންޑޭޝަނާއި ބައްދަލުކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގައި ދޫނޑިގަމް ޓީމުންވަނީ ހަ ލަނޑު ޖަހާފައެވެ. ނަމަވެސް ފަހު ހާފުގައި ޖެހިފައިވަނީ އެންމެ ލަނޑެކެވެ. އިއްޔެގެ މެޗްގައި ދޫނޑަމް ޓީމްގެ ޝީރާޒް ޖ.19 އާއި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިސްމާއިލް ޖ.10 ވަނީ ހެޓްރިކްހަދާފައެވެ. ދެޓީމްގެ މެދުގައި ތަފާތު ކުޅުމެއް ފެނުނު މިމެޗްގައި ގިނަ ވަގުތު ބޯޅަކުޅެ ގިނަ ހަމަލަތަކެއް އުފައްދާފައިވަނީ ދޫނޑިގަމް ޓީމުންނެވެ.
މިއަދުވެސްކުޅޭނީ ގުރޫޕް އޭގެ މެޗެކެވެ. މިމެޗްގައި ބައްދަލުކުރާނީ ދަނޑިމަގު އަވަށަށް ނިސްބަތްވާ ދެ ޓީމްކަމަށްވާ ދަނޑިމަގު ޒުވާނުންގެ ޖަމްމިއްޔާ އާއި ތޫނޑު ޖަމްމިއްޔާއެވެ.


ކިޔުންތެރިންގެ ޚިޔާލު