25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

ފުވައްމުލަކުގައި ސްކޫލް ކުދިންގެ ކްރިކެޓް ކުރިއަރަމުން އާދޭ

ރާއްޖޭގެ ސީނިއާ ކުރިކެޓް ކުޅުންތެރިންގެ ޓީމެއް ފުވައްމުލަކަށް

ރާއްޖޭގެ ސީނިއާ ކްރިކެޓް ކުޅުންތެރިން ހިމެނޭ ޓީމެއް ފުވައްމުލަކަށް މިރޭ ޒިޔާރަތްކޮށްފިއެވެ. މިޓީމުގެ މަގްސަދަކީ ކްރިކެޓް ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމާއި ކުރިކެޓްގެ ފޯރި އިތުރަށް ވަރުގަދަކުރުމެވެ. މިދަތުރުގައި މިޓީމު ފުވައްމުލަކުގައި ހޭދަކުރާ ދުވަސްތަކުގައި ދެމެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިޓީމުން ހާމަކުރެއެވެ.

ރާއްޖޭގެ ކްރިކެޓް ބޯޑާއި ސީނިއާ ބައެއް ކުރިކެޓް ކުޅުންތެރިން ގުޅިގެން އިންތިޒާމު ކުރި މިދަތުރުގައި ދެމެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ފުރަތަމަ މެޗުގައި ރާއްޖޭގެ ސީނިއާ ކުޅުންތެރިން ހިމެނޭ ޓީމު ފުވައްމުލަކުން ހޮވާލެވޭ ޓީމަކާއި ދެކޮޅަށެވެ. ދެވަނަ މެޗަކީ ފުވައްމުލަކަށް ޒިޔާރަތްކުރި ޓީމު ދެޓީމަކަށް ބަހާލައިގެން ކުޅޭ މެޗެކެވެ.

ފުވައްުމުލަކު ކްރިކެޓް ސްޓޭޑިއަމް މިމެޗަށް އަންނަނީ ތައްޔާރު ކުރުމުން

ސީނިއާ ކްރިކެޓް ކުޅުންތެރިންގެ ފަރާތުން ވާހަކަ ދައްކަވަމުން އިމާދް އިސްމާއިލް ފާހަގަކުރެއްވީ ފުވައްމުލަކުގައި 2011 އިން ފެށިގެން ކުރިކެޓް ކުޅެމުން އަންނަކަމަށާއި، ފުވައްމުލަކުގެ ހަތަރު ކުޅުންތެރިއަކު މިހާރުވެސް 19 އަހަރުން ދަށުގެ ޤައުމީ ކްރިކެޓް ޓީމުގައި ހިމެނޭ ކަމަށެވެ.

ފުވައްމުލަކުގެ ޖޫނިއާ ކުރިކެޓް ޓީމަކީ ގައުމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޓީމެކެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވުނު ގައުމީ އަންހެން ކުރިކެޓް މުބާރާތުގެ ދެވަނަ މަގާމުގެ އިތުރުން ގިނަ ރަންވަނަ ތަކެއްވަނީ ފުވައްމުލަކު ކްރިކެޓް ކުޅުންތެރިން ހޯދާފައެވެ. އަދި ރާއްޖޭގެ އެންމެ މޮޅު އަންހެން ކުރިކެޓް ކުޅުންތެރިޔާގެ މަގާމު ފުރަތަމަ ފަހަރަށް ހޯދާފައިވަނީވެސް ފުވައްމުލަކު ކްރިކެޓް ޓީމުގެ އައިޝަތު އައިމާއެވެ. އައިމާގެ އިތުރުން ގިނަ ޒުވާން ކުޅުންތެރިންތަކެއްވަނީ ނިމިދިޔަ އަހަރުގެ ފާޙަގަކޮށްލެވޭ ރަން ވަނަތަކެއްވެސް ހޯދާފައެވެ.

banner


ކިޔުންތެރިންގެ ޚިޔާލު