A wide advertisement which will be shown on all devices. (700 x 100)

އިންޓާ ސްކޫލްގެ ފުޓްބޯޅަ މުބާރާތުގެ ގުރުނަގައިފި

ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ގުތުނެގުން ބާއްވައިފިއެވެ. ދިވެހި ފުޓުބޯޅަ އެސޯސިއޭޝަނާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްދާ މިމުބާރާތް ކުރިއަށްދާނީ މިމަހު 19 އިން 26 އަށެވެ.

ފުވައްމުލަކު ހަތަރު ސުކޫލުން ބައިވެރިވާ މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ 26 އެޕްރީލް ވާ ހުކުރު ދުވަހު ހަވީރު 16:15 ގައެވެ.

ފުވައްމުލަކު ފުޓުބޯޅަ ކުރިއެރުވުމަށް ދަނީ ގިނަ ހަރަކާތްތަކަށް ކުރެވުމުންނެވެ. އެގޮތުން، ދާދިފަހުން ވަނީ ފުޓްބޯޅަ ކޯޗިންގ ސީ ލައިސަންސް ކޯހެއް ހިންގާފައެވެ. މީގެ އިތުރުން، ފުވައްމުލަކު ސިޓީގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ޕްރޮޖެކްޓްގެ ޑެވެލޮޕްމަންޓް އޮފިސަރުންނާއި ކޯޗުންނާއިއެކު އެއްބަސްވުން ތަކެއްގައިވެސް ވަނީ ސޮއިކޮށްފައެވެ. ފުޓްބޯޅަ ކުރިއެރުވުމަށް ފީފާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މިޕްރޮޖެކްޓަގައި ފުވައްމުލަކުގެ ސިޓީގެ ފަސް ކޯޗަކާއި ޑިވެލޮޕްމަންޓް އޮފިސަރާއެކު ތިންމަސް ދުވަހުގެ އެއްބަސްވުމެއްގައި މިދިޔަ ފެބުރުއަރީ މަހު ވަނީ ސޮއިކޮށްފައެވެ.

އަދި ފުވައްމުލަކުގެ އަމިއްލަ ފަރާތްތަކެއް އިސްނަގައިގެން ދަނީ ކުޑަކުދިންނަށް ފުޓުބޯޅަ ދަސްކޮށްދިނުމުގެ ހަރަކާތްތަކެއްވެސް ހިންގަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !