23 ޖުލައި 2019 ( އަންގާރަ )

އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތް: ހޭޒް އާއި އެފް އެސް ލަޑެއްނުޖެހި އެއްވަރުވެއްޖެ

ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އެއްވެސް ޓީމަކަށް ލަޑެއް ނުޖެހި 0-0 އިން އެއްވަރު ވެއްޖެއެވެ. މިމެޗުގައި ބައްދަލުކުރީ ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އާއި ފުވައްމުލަކު ސްކޫލް (އެފް އެސް) އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހާފިޒު އަހުމަދު ސްކޫލުގެ ޖާޒީ ނަމްބަރު 10 މުހައްމަދު ނިހާމް އަމްޖަދެވެ.

މިމުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ޏ.އަތޮޅު ތައުލީމީ މަރުކަޒާއި (ޏ.އޭއީސީ) މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އެވެ.

މިމުބާރާތަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާޓް ކުރިއަށް ދާނީ މިމަހު 26 ގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ޚިޔާލު