12 ނޮވެމްބަރ 2019 ( އަންގާރަ )

banner

އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތް: އޭއީސީއިން އެމްޖޭއެސް ބަލިކޮށް 3 ޕޮއިންޓް ހޯދައިފި

ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުން ޏ.އަތޮޅު ތައުމީ މަރުކަޒު މޮޅުވެ ޓޭބަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. ޏ.އަތޮޅު ތައުލީމީ މަރުކަޒު މޮޅުވެފައިވަނީ އިއްޔެ ހަވީރު ކުޅެވުނު މިމުބާރާތުގެ ދެވަނަ މެޗުގައި މުހައްމަދު ޖަމާލުއްދީން ސްކޫލާއި ވާދަކޮށް 3-1 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޖާޒީ ނަމްބަރު 11 އައިވަން މުހައްމަދު ޒާހިރެވެ.

މިމުބާރާތުގެ ތިންވަނަ މެޗުގައި މިއަދު ހަވީރު ޏ.އަތޮޅު ތައުލީމީ މަރުކަޒު ނިކުންނާނީ ހާފިޒު އަހުމަދު ސުކޫލާއި ދެކޮޅަށެވެ. މިމެޗު ފެށޭނީ މިއަދު ހަވީރު 4.30 ގައެވެ.

މިމުބާރާތަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާޓް ކުރިއަށް ދާނީ މިމަހު 26 ގެ ނިޔަލަށެވެ.ކިޔުންތެރިންގެ ޚިޔާލު