19 މެއި 2019 ( އާދީއްތަ )

banner

އިންޓާސްކޫލް ފުޓުބޯޅަ މުބާރާތް: ފައިނަލްގެ ފަހު ޖާގަ ޏ.އޭއީސީއަށް

ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗުން ޏ.އަތޮޅު ތައުލީމީ މަރުކަޒު މޮޅުވެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ޏ.އަތޮޅު ތައުލީމީ މަރުކަޒު މޮޅުވެފައިވަނީ މިއަދު ހަވީރު ފުވައްމުލަކު ސްކޫލާއި ވާދަކޮށް 3-1 ލަޑުންނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދައިފައިވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޖާޒީ ނަމްބަރު 8 މުހައްމަދު ނާއިސް އިބްރާހީމެވެ. ޏ. އަތޮޅު ތައުލީމީ މަރުކަޒު ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ ޖުމްލަ 6 ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ފައިނަލް މެޗުގައި ޏ.އަތޮޅު ތައުލީމީ މަރުކަޒު ނިކުންނާނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކޮށްފައިވާ ހާފިޒު އަހުމަދު ސްކޫލާއި ދެކޮޅަށް އަންނަ ހުކުރު ދުވަހުގައެވެ. ފައިނަލް މެޗު ފެށޭނީ ހަވީރު 4.15 ގައެވެ.

banner


ކިޔުންތެރިންގެ ޚިޔާލު