A wide advertisement which will be shown on all devices. (700 x 100)

މާހެފުން – ކްރިކްޓް ސިކްސެސް މާދަމާ ބާއްވަނީ

މާދަމާ ބާއްވާ ކްރިކެޓް މުވާރާތުގެ އިޝްތިހާރެއް

ކްރިކްޓް ފުވައްމުލައް އިން ރޯދަމަސް ފެށުމާއި ދިމާކޮށް ޖޫނިއަރ ކްރިކެޓް މުބާރާތެއް ބާއްވަބް ތައްޔާރު ވެއްޖެއެވެ. އެއްދުވަހުގެ މިކްރިކެޓް މުބާރާތް ބާއްވަނީ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި މާދަމާ، ހޮނިހިރު ދުވަހު މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށެވެ.

މި މުބާރާތުގައި 21 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޓީމުތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

ޓީމެއްގައި 6 ކުޅުންތެރިންނާއި އެކު 5 އޯވަރަށް ކުޅޭ މި މުބާރާތުގައި ބޭނުންކުރާނީ ސޮފްޓް ބޯލް އެވެ.

މާހެފުމަކާއެކު ބޭއްވޭ މިމުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކަކީ ރާއްޖޭގައި ޒުވާން ކްރިކެޓް ކުޅުންތެރިން އުފެއްދުމަށް ކްރިކެޓް ކޯޗިން ކުރިޔަށް ގެންދެވޭ ރަށެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޢަޙުމަދު

    މިކަލް ނިއުސްގައި ޝާއިޢު ކުރެވޭ ލިޔުންތަކުގެ އަދަބީ ފެންވަރު ރަގަޅުކުރަން ޖެހޭ.

    • މުހައްމަދު ޝިހާބް

      .ބަލައިގަންނަން. އެކަމުގައި އެހީތރިކަން ބޭނުން